ލައިފްސްޓައިލް

އެލޯވެރާ ގަހެއް އަވަހަށް ހޯދާ، މިއޮތީ މިގަހުގެ ބޭނުން ހިފޭ އެތައް ގޮތެއް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ގަސްއިންދާ ހައްދާ މީހުންގެ މަގުބޫލު ގަސްތަކުގެ ލިސްޓްގައި އެލޯވެރާ ނުހިމެނި ނުދާނެ ކަމީ ޔަގީން ކަމެކެވެ. ގަނެލަން ތަންކޮޅެއް އަގު ބޮޑު ނަމަވެސް މިއީ އެތައް ބޭނުމެއް ހިފޭ ގަހެކެވެ. އެހެންވީމާ ލަސްނުކޮށް އަވަހަށް އެލޯވެރާ ގަހެއް ހޯދާށެވެ. މިއޮތީ އެގަހުގެ ބޭނުން ހިފޭނެ އެތައް ގޮތެކެވެ.

Ads by MWSC

ބޮލުން ހަންފޮޅުމަށް ފަރުވާއެއް: ބޮލުން ހަންފޮޅޭނަމަ "ހެއަރމާސްކެއް" ހަދާލަން އެލޯވެރާއަކީ އޭގެ ނަތީޖާ ރަނގަޅު އެއްޗެކެވެ. ސަމުސަލެއްގެ އެހީގައި އެލޯވެރާގެ ދިގު ފަތަކުން ޖެލް ނަގާ ތައްޓަކަށް އަޅާލާށެވެ. އަދި އޭގެ ތެރެއަށް މޭޒުމަތީ ސަމުސާގެ ދެ ސަމުސާ ހެއަރ ކޮންޑިޝަނަރ އާއި މޭޒުމަތީ އެއް ސަމުސާގެ އޮލިވްއޮއިލް އެއް ސަމުސާގެ ކާށިތެޔޮ އަޅާ ރަނގަޅަށް އެއްކޮށްލާފައި ބޮލުގައި އަޅާށެވެ. އިރުކޮޅަކު ބެހެއްޓުމަށްފަހު ބޯ ދޮވެލާށެވެ. ރަނގަޅު ނަތީޖާއެއް ފެންނާނެއެވެ.

އަވިން ރައްކާތެރިކޮށްދޭ: އަވީގެ ހޫނުން ހަންގަނޑު ރައްކާތެރިކުރުމަށް އުފައްދާފައި ހުންނަ ގިނަ އުފެއްދުންތަކަކީ އެލޯވެރާ ހިމެނޭ އުފެއްދުންތައްކަން އަހަރެމެން އެންމެން ވެސް ދަންނަމުއެވެ. އެހެންކަމުން އެފަދަ އަގުބޮޑު އުފެއްދުންތައް ގަތުމުގެ ބަދަލުގައި އަވިން ހަންގަނޑު ރައްކާތެރިކުރުމަށް އެލޯވެރާ ޖެލް ހަންގަނޑުގައި އުނގުޅާ ލެއްވިދާނެއެވެ.

މޫނުގައި ނަގާ ބިހި،އޮށާޅައަށް ވެސް ފަރުވާ ކުރެވިދާނެ: އެލޯވެރާގައި އެކުލެވޭ މިނެރަލްސްގެ މާއްދާއާއި އެންޓިބެކްޓީރިއާގެ ސަބަބުން މޫނުގައި ނަގާ ބިއްސާއި އޮށާޅައަށް ވެސް އެލޯވެރާ ވެގެން ދަނީ ފަރުވާއަކަށެވެ.މޭޒުމަތީ ސަމުސާގެ ދެ ސަމުސާ ޖެލްއާއި ދެ ސަމުސާގެ އަލްމަންޑް ކިރާއި ދެ ސަމުސާ ލެމަން ޖޫސް ، ރަނގަޅަށް އެއްކޮށްލައްވާފައި މޫނުގައި އުނގުޅާ ލައްވާށެވެ. އަދި މަޑުމަޑުން މަސާޖުކޮށްލައްވާ އިރުކޮޅަކު ބަހައްޓާލުމަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ.

މޫނުގެ ހަންގަނޑު އޮމާން ކޮށްލުމަށް: މޫނުގެ ރީތި ކަމަކީ ޚާއްޞަކޮށް ކަނބަލުން އިސްކަންދޭ ކަމެކެވެ. އެލޯވެރާ ބޭނުންކޮށްގެން މިކަމަށް ވެސް ފުރިހަމަ ނަތީޖާއެއް ހޯދިދާނެއެވެ. ޖެލްއާއި ކުޑަ ބޭކިންސޮޑާ ކޮޅެއް އެއްކޮށްލުމަށްފަހު ބޭނުން ކޮށްލައްވާށެވެ.

މީގެ އިތުރުން އިތިއޯޕިއާގެ ހެލްތު ސައިންސަސް ޖާނަލްގައި 2014 ވަނަ އަހަރު ޝާއިއުކޮށްފައިވާ ހޯދުންތަކެއްގައި އެލޯވެރާގައި ރަނގަޅު މިންވަރަކަށް ވިޓަމިން ސީ އެކުލެވޭކަމަށާއި އެހެންކަމުން އަނގައިގައި އުފެދޭ ޖަރާސީމް މަރާލާ ، ''މައުތު ވޮޝް''އެއްގެ ގޮތުގައި އެލޯވެރާ ބޭނުން ކުރެވިދާނެ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.

 

Ads by HDC
  1. ަގަނެދޭންވީނު ތީނަ ތިހާ ފައިދާ ހުރިއްޔާ…..