ކުޅުދުއްފުށީ ކައުންސިލުން އެ ރަށުގައި ހުރި ކޮންމެ ސަރުކާރު ސްކޫލަކަށް އެއް ލައްކަ ރުފިޔާ ދީފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ސަރުކާރުން ހިންގާ ތިން ސްކޫލުން، ކޮންމެ ސްކޫލަކަށް އެއް ލައްކަ ރުފިޔާ ދީފި އެވެ.
ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލަށް މިއަހަރު ދިނުމަށް ކަަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިއްޔެ އެވެ. މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 100،000 ރުފިޔާ ވަނީ ދީފަ އެވެ.
އެ ތިން ސްކޫލަކީ އަތޮޅު ތައުލީމީ މަރުކަޒު، އަފީފުއްދީން ސްކޫލް އަދި ޖަލާލުއްދީން ސްކޫލެވެ.
ކުޅުދުއްދުށީ ކައުންސިލުން ބުނީ ސްކޫލް ގްރާންޓް ތާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މި ގްރާންޓްގެ ދަށުން 2022 ވަނަ އަހަރުވެސް އެ ރަށުގެ ކޮންމެ ސްކޫލަކަށް ކައުންސިލްގެ ފަރާތުން 50،000 ރުފިޔާ ވަނީ ދޫކޮށްފަ އެވެ.