ޚަބަރު

ސަރުކާރުގެ ސްކޮލާޝިޕް، ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ދަސްވެނިވުން ހަފްލާއެއްގެ ތެރެއިން، -- އެމްއެންޔޫ

މި އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

މި ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައި މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ، ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު، ސްކޮލާޝިޕްގެ އުސޫލުގައިވާ ގޮތުން ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނީ، މި ސްކޮލާޝިޕްގެ އުސޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ފެށުން ލާޒިމް ކުރާ ކަމަށެވެ.

މި ސްކޮލާޝިޕަށް ހުޅުވާލުމަށް ވަކި ޝަރުތުތަކެއް މިނިސްޓްރީން ކަނޑައަޅާފައިވާއިރު، އެ އިއުލާނުގައި ޝަރުތުތައް ބަޔާންކޮށްފައިވެއެވެ. އަދި ޝަރުތު ހަމަވާ ދަރިވަރުން ސްކޮލާޝިޕަށް އެދި 31 ޖުލައި ވާ ބުދަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައިވެއެވެ.

Ads by Ooredoo
  1. ޙަކީމް

    ރައީސްގެ ސްކޮލަރޝިޕް ތިޔައީ ހަމަ ނަމެއް. ރައީސްގެ ސްކޮލަރޝިޕް (5 މާއްދާއިން “އޭ ސްޓަރ” ލިބިގެން ލިބޭ) އެކޭ “ހައި އެޗީވަރސް” ސްކޮލަރޝިޕް (5 މާއްދާއިން އޭ ލިބިގެން ލިބޭ) އެކޭ އެއްވެސް ތަފާތެއް ނެތް. ޚަރަދު ކުރަން ފައިސާ ދެނީވެސް ހަމަ އެއްވަރަކަށް.