ޚަބަރު އިޖުތިމާޢީ

ފަތުރުވެރިކަމުގެ ދާއިރާ މުވައްޒަފުންގެ އެންޖީއޯއެއް އުފައްދައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރިޒޯޓު މުވައްޒަފުންތަކެއް ފަތުރުވެރިން ފުރުވައިލަނީ

ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް މަސައްކަތްކުރާ މުވައްޒަފުން އިސްނަގައިގެން "ޑެސްޓިނޭޝަން ފިއުޗާ" ގެ ނަމުގައި އެންޖީއޯއެއް އުފައްދައިފި އެވެ.

Ads by MWSC

ސްޓިނޭޝަން ފިއުޗާއިން ބުނީ އެ އެންޖީއޯއިން އެންމެ ބޮޑަށް މަސައްކަތް ކުރާނީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން އިތުރުކޮށް، ޓްރެއިނިން ދިނުމަށް ކަމަށެވެ. އަދި އެ ދާއިރާގައި ހުރި ތަފާތު އެކި މައްސަލަތައް ހައްލުކުރުމަށް އެންޖީއޯއިން އިސްނަގައިގެން ހާއްސަ މަސައްކަތްތަކެއް ކުރާނެކަމަށްވެސް ބުންޏެވެ.

އެންޖީއޯގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ޓޫރިޒަމް ދާއިރާގައި 25-15 އަހަރާ ދެމެދުގެ ތަޖުރިބާ ހުރި މިހާރު ވެސް އިސް މަގާމުތަކުގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅުންނެވެ. އޭގެ ތެރޭގައި ހަމްޒާ ސައީދާއި އަމްޖަދު ތައުފީގާއި އައިޝަތު އަލީ އާއި އިބްރާހިމް އިނާދާއި ހުސެއިން ހަސަން އާއި ރިޔާ ސައީދާއި ނުއާސް މުހައްމަދާއި އަބްދުﷲ ނަބީލް ހިމެނެ އެވެ.

އެ އެންޖީއޯއިން ބުނި ގޮތުގައި ބޭނުން ފަރާތްތަކަށް މިހާރު އެންޖީއޯއާއި ގުޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖޭގައި އެންމެ ގިނަ ވަޒީފާ އުފައްދާ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ އެވެ. މިއީ ރާއްޖޭގެ އިގްތިޞާދުގެ މައި މަސައްކަތްކަންވެސް ފާހަގަކޮށްލެވެ އެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދަކީ 15،500 އެވެ. މީގެ ދެގުނައަށް ބިދޭސީން މިދާއިރާގައި މަސައްކަތް ކުރާއިރު ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތައް ދިވެހިންނަށް ދިނުމަށް ސަރުކާރުންވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލެވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!