ރިސޯޓަކުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަނީ
ގދ. އަތޮޅުގައި އޮންނަ ރަަފެލްސް މޯޯލްޑިވްސް ރިސޯޓްގައި މިއަދު ހެނދުނު ކަޔަކްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ގދ. އަތޮޅުގައި އޮންނަ ރެފެލްސް މޯލްޑިވްސް ނަމަކަށް ކިޔާ ރިސޯޓަކުން މިއަދު ހެނދުނު މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް މިއަދު 15:30ހާއިރު ލިބިފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އޭނާއަކީ ރިސޯޓް ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލް އަދި ލިބިފައިނުވެއެވެ.
Ads by Allied Insurance