ޚަބަރު ސަރުކާރު

އެއާޕޯޓްތަކުގެ ކައިރީ، ހުއްދަ ނެތި ޑްރޯން އަރުވާ މައްސަލަ ބޮޑުވެއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން

މިހާރަކަށް އައިސް ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއާޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން އުދުއްސާކަން ފާހަގަކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

Ads by Hajj Corporation

ޑިފެންސް މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނީ، އެއާޕޯޓްތައް ކައިރީ ޑްރޯން އެރުވުމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރިވެދާނެ ކަމެއް ކަމަށެވެ. އެހެންވެ ޑްރޯން އުދުއްސުމުގެ ކުރިން ހުއްދަ ހޯދުމަށް، އެ ވުޒާރާއިން މީގެ ކުރިންވެސް އަންގަފާއިވާ ގޮތަށް އަމަލުކުރުމަށް ޑިފެންސުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ ކޮންމެ ދިމާއެއްގައި ޑްރޯން އަރުވަން ބޭނުންވި ކަމުގައިވިއަސް އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެން އެކަންކުރަން އެދިފައިވެ އެވެ.

ޑްރޯން އަރުވަން ހުއްދަ ހޯދުމަށް އެދި ފޯމު، ރަސްމީ ބަންދުނޫން 3 ދުވަސްކުރިން ފޯމު ހުށަހެޅުމަށް ޑިފެންސުން ވަނީ އެދިފަ އެވެ.

ހުއްދަ ނުހޯދާ އެކަންކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށާއި އަދި ހުއްދަ ނުހޯދާ އުދުއްސާ ޑްރޯންތަކާމެދު އަޅާ ފިޔަވަޅަކާއި ގުޅިގެން އެތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާ ޑިފެންސުން ނުނަގާނެ ކަމުގައިވެސް އިއުލާނުގައި ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!