ޚަބަރު ވިޔަފާރި

ރެޖިސްޓަރ ނުކޮށް ތަރުކާރީ އަދި މޭވާ ވިއްކާނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރަނީ

އާއިޝަތު އަލީނާ ، ދެން އޮންލައިން

ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީ ކުރަން ލާޒިމްކޮޮށްފިއެވެ. މިގޮތަށް ލާޒިމްކޮށްފައިވަނީ ސަރުކާރުން މިއަދު ގެޒެޓް ކުރި ޤަވައިދެއްގައެވެ.

Ads by MWSC

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށް އަދި އަންނަ މަހުން ފެށިގެން އަމަލުކުރާ، އެ ގަވައިދު ބުނާގޮތުން، ތަނެއްގައި ތިބެގެން ނުވަތަ އޮންލައިންކޮށް ނުވަތަ ވަގުތީ ގޮތުން އަދި ދާއިމީ ގޮތުން ވިޔަސް ތަރުކާރީ އާއި މޭވާ ވިއްކާ ނަމަ ވިޔަފާރިއެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ.

އެ ގަވާއިދު ބުނާގޮތުން، ރަޖިސްޓަރީ ނުކޮށް އެފަދަ ވިޔަފާރިއެއް ހިންގާ ކޮންމެ ފަރާތެއް 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެފަދަ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މިހާރު ހިންގާ އެފަދަ ވިޔަފާރިތައް ވެސް ގަވައިދަށް އަމަލުކުރަން ފަށާތާ 30 ދުވަސް ތެރޭގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ވެއެވެ. އެފަދަ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ އެ މީހުން ވަޒީފާ އަދާ ކުރުމުގެ ގަވާއިދުގެ ދަށުން ކަމަށް ވެސް އާ ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ.

ގަވާއިދު ބުނާގޮތުން، ތަރުކާރީ އާއި މޭވާ ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީކޮޮށް ދޭނީ އެ ވިޔަފާރިއެއް ހިންގާ އިމާރާތުގައި އެކަން ކުރުމަށް ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުން ދޭ ހުއްދައެއް އޮތް ނަމަ އަދި ވިޔަފާރިކުރާ ތަނެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ ނަމަ އެވެ. އެ މިންގަނޑަށް އެފަދަ ތަންތަން ފެތޭތޯ ކައުންސިލްތަކުން އިންސްޕެކްޓް ކުރާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

Ads by Allied Insurance
  1. ރައްޔިތުންގެ އަތުން ލާރި ހޯދާނެ ގޮތެއް ނެތިއްޔާ ހިލޭ ސާބަހަށް މަސައްކަތްކުރަންޖެހޭ ގޮތާއި ހޯދާ އާމްދަނީގެ ⅗ ބައި ސަރުކާރަށް ދައްކަންޖެހޭގޮތަށް ސުޕަރމެޖޯރިޓީ މަޖިލީހުން ޤާނޫނެއް ފާސްކުރީމާ ނިމުނީންތޯ. ނުފުރުއްޕާން ސަރުކާރު

  2. އައްދުއްލޯ

    ރަޖިސްޓަރީީ ކުރަންް ތައްޔާރުު. އެކަމަކުު ރަޖިސްޓަރީީ ނުވެެ އުޅޭޭ މީހުންް ނުވަތަަ ކުންފުންޏަކަށްް ރާނާާ މީހެއްގެެ ގޮތުގަަ އަންނަމީހާާ މޭވާާ ވިއްކާާ ސޭޓަކަށްް އިންދަަ ފޮނުވާލަންް ކެރެންް ޖެހޭނެެ.