Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

އުތުރާއި މެދުތެރެއަށް މަޑުވާނެ ކަމަށް ލަފާކުރެވެނީ ހުކުރުގެ ފަހުން

އުތުރާއި މެދުތެރެއަށް މަޑުވާނެ ކަމަށް ލަފާކުރެވެނީ ހުކުރުގެ ފަހުން
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރުމަށް ފަހު، ހުކުރު ދުވަހުން ފެށިގެން ބޮޑު ސަރަހައްދަކަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓުން މިއަދު ބުނެފި އެވެ. މި މަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާން ފަށާފައިވާއިރު، މި ދުވަސްވަރު ވަަރަށް ބޮޑަށް ވިއްސާރަކުރަމުން ދެ އެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ވައި ބާރުވެ ކަނޑު ގަދަވެފައިވާއިރު، ބޯކޮށް ވާރޭވެސް ވެހެ އެވެ. ބޮޑު ސަރަހައްދަށް އެލާޓްތައްވެސް ވަނީ ނެރެފަ އެވެ. އައްޑޫއާ ފުވައްމުލަކު އޮތީ އޮރެންޖް އެލާޓްގައި އެވެ. މެޓުން މިއަދު ބުނީ، ހުކުރު ދުވަހުގެ ފަހުން ދެން ވިއްސާރަ ވާނީ ރަނގަޅު ކަމަށެވެ. އެ ސެންޓަރުން ބުނީ، ބުރާސްފަތި ދުވަހުން ފެށިގެން ދެކުނަށް ވައިވެސް މަޑުވާން ފަށާނެ ކަމަށެވެ. ''މެދު ރާއްޖެ ތެރެއާ އުތުރަށް ހުކުރުގެ ފަހުން ވައިމަޑުވާނެ ކަމަށް ލަފާކުރެވެނީ، ހުކުރުގެ ފަހުން [މުޅި ރާއްޖެއަށް] ވައިވެސް މަޑުވާނެ ކަމަށް ލަފާކުރެވޭ، ވާރޭވެސް ރަނގަޅުވެގެންދާނެ ކަމަށް ބެލެވޭ'' މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވި އެވެ. މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު މެދު ރާއްޖެތެރެއަށާއި އުތުރަށް މޫސުން ގޯސްވާނެ އެވެ. މި ދެ ދުވަހު މާލެ ސަރަހައްދަށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. މިއަދު ހއ އަތޮޅުން ތ އަތޮޅަށް ޔެލޯ އެލާޓެއް ވަނީ ނެރެފަ އެވެ. https://twitter.com/MetMaldives/status/1792786488918442087

އެސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑު ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ހއ އިން ފެށިގެން ތ އަށް ޔެލޯ އެލާޓް ނެރެފައި ވަނީ މެންދުރު ދޭއް ޖެހުމާ ހަމަޔަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް