ޚަބަރު

ރައިސީގެ ޖަނާޒާއަށް ރައީސްގެ މަންދޫބެއްގެ ގޮތުން އާދަމް ޝަރީފް އިރާނަށް

އައިކާ ޔުނާން ، ދެން އޮންލައިން

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވި އީރާނުގެ ރައީސް އިބްރާހިމް ރައިސީގެ ޖަނާޖާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ އީރާނަށް ފުރާވަޑައިގެންފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން މިރޭ ބުނީ, ވަޒީރު ފުރާވަޑައިގެންނެވީ އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމަށާ، އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށާ، އަދި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ދެންނެވުމަށް ކަމަށެވެ.

އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވަހާރަވުމާ ގުޅިގެން ރައީސް ވަނީ އެ ގައުމުގެ ރައްޔިތުންނަށް އިއްޔެ ތައުޒިޔާ ވެސް ފޮނުއްވައިފަ އެވެ. އީރާނަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅު އެ ޤައުމުގެ ސަރުކާރާ ރައްޔިތުންނާއެކު ދިވެހި ސަރުކާރާ ރައްޔިތުން ތިބިކަން ރައީސް ހާމަ ކުރެއްވިއެވެ.

އެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!