ޚަބަރު އިޖުތިމާޢީ

ފަތުރުވެރިއަކު ގެނބެނިކޮށް ސަލާމަތްކުރަން މޫދަށް ފޭބި ދިވެއްސަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ސަންތާރާ އައިލޭންޑް ރިސޯޓް

ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބެނިކޮށް ސަލާމަތްކުރަން ފޭބި ދިވެއްސަކު ނިޔާވެއްޖެ އެވެ.

Ads by MPL

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު 11:05 ހާއިރު އެވެ. ފަތުރުވެރިޔާ ސަލާމަތްކުރަން މޫދަށް ފޭބީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

ނިޔާވެފައިވަނީ 39 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ދަނގެތި ހެލްތް ސެންޓަރަށް އެމީހާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

Ads by Ooredoo
  1. ވިސްްނާ

    انا لله وانا راجعون.
    اللهم اغفرله وارحمه وعافه
    واعف عنه