ޚަބަރު ވިޔަފާރި

ހިއްސާއަކަށް 4 ރުފިޔާ ފައިދާގެ ގޮތުގައި ބަހަން އެމްޓީސީސީން ނިންމައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އެމްޓީސީސީގެ ހިއްސާގެ ފައިދާގެ ގޮތުގައި ހަތަރު ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

Ads by Hajj Corporation

އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ނިންމި ނަމަވެސް ހިިއްސާގެ ފައިދާ ބެހޭނީ ހާއްސަގޮތުން ބާއްވާ ހިއްސާދާރުންގެ ބޯޑުން އެގޮތަށް ފާސްކުރުމުންނެވެ. މި ބައްދަލުވުން ބޭއްވުމަށް އެކުންފުނިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް އެމްޓީސީސީގެ ބޯޑުން ނިންމާފައިވަނީ 32.2 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީ އިން ބުނީ ހިއްސާގެ ފައިދާ ލިބޭނީ މެއި 23 ވަނަ ދުވަހުގެ ނިޔަަލަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

އެމްޓީސީސީގެ މާލީ ހިސާބުތަކަށް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އާމްދަނީއަށް ލިބިފައިވަނީ 664 މިލިއަން ރުފިޔާ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!