ދުނިޔެ

ކޮވިޑް-19: ގިނަ އަދަދެއްގެ ވެކްސިން ފޯރުކޮށްދެވޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖެނީވާ (ރޮއިޓާސް): ހަލުވިކަމާއެކު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އުފައްދާ ވެކްސިން، އަންނަ އަހަރުގެ މެދެއްހާތަނުގެ ކުރިން ގިނަ އަދަދަކަށް ފޯރުކޮށްދެވޭނެހެން ހީނުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

Ads by WAMCO

ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު މާގަރެޓް ހެރިސް މިއަދު މިހެން ބުނެފައިވަނީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އުފައްދާ ވެކްސިން ރަނގަޅަށް ޓެސްޓު ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލަމުންނެވެ. މާގަރެޓް ބުނީ ވެލަސިން އުފައްދާ ބޮޑެތި ކްލިނިކްތަކުގެ ތެރެއިން 50% ކްލިނިކްތަކުން ވެސް، ޑަބްލިޔުއެޗްއޯ ގެ ހުރިހާ މިންގަނޑަކާއި އެއްގޮތްވާގޮތަށް ވެކްސިން އަދި އުފައްދާފައި ނުވާ ކަމަށެވެ.

ރަޝިޔާ އިން ދެ މަހަށްވުރެ ކުރު މުއްދަތެއްގައި ވެކްސިން ޓެސްޓު ކުރުމަށްފަހު އެވެކްސިން ބޭނުން ކުރަން ފަށަން ނިންމި ކަމަށާއި އެހެންކަމުން އެވެކްސިން ރަނގަޅުވާނެ ކަމާއިމެދު ވެސް ސުވާލު އުފެދިފައިވާ ކަމަށް މާގަރެޓް ބުނެފައިވެއެވެ.

އެމެރިކާގެ ޕަބްލިކް ހެލްތު އޮފިޝަލުންނާއި ފައިޒަރ އިންކޯޕަރޭޝަނުން ބުނެފައިވަނި އެޤައުމުން އުފައްދާ ވެކްސިން އަންނަ މަހުގެ ފަހުކޮޅު ތައްޔާރުވާނެ ކަމަށެވެ. އެއީ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުޑަ ދުވަސްކޮޅެއް ކުރިއެވެ. މިހާރު އެޤައުމުގައި ރައީސްކަން ކުރާ ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލްކަން ވަރަށް ބޮޑަށް ދަށްވެފައިވާއިރު އޭނާއަށް ދެވަނަ ދައުރެއް އެމެރިކާގެ ރައްޔިތުން ދޭނެ ކަމާއި މެދު ސިޔާސީ މުފައްކިރުން ދަނީ ސުވާލު އުފައްދަމުންނެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!