ޚަބަރު ސަރުކާރު

ކަރަންޓު ބޭނުންކުރާ މިންވަރު އިތުވެއްޖެ، ބިލު ބޮޑުވީ އެހެންވެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލޭގައި ހުންނަ ސްޓެލްކޯގެ މައި އިމާރާތް

ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Ads by Hajj Corporation

މިމަހު ލިބުނު ކަރަންޓު ބިލުތައް ބޮޑުވެގެން ގިނަ ބައެއް ޝަކުވާ ސޯޝަލް މީޑިއާގައި ވަނީ އުފުލައިފަ އެވެ. މީގެ ކުރިން އެންމެ ހޫނުގަދަ މަސްމަހު ނާރާ މިންވަރަށް ބިލުތަކުގެ އަދަދު އުފުލިފައިވާކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ބުނެފަ އެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން އެކުންފުންޏަށްވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. ބިލުތައް ބޮޑުވީ އެ ސަބަބާއި ހުރެކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިދިޔަ ތިން ހަފްތާއެއްހާ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ އެވެ. އާންމުކޮށް ބިލުތައް ބޮޑުވަނީ ހޫނުގަދަ ދުވަސްވަރުކަމަށް ސްޓެލްކޯއިން ބުނާތީ އާންމުން ވަނީ މިމަހުގެ ކަރަންޓު ބިލާއިމެދު ސުވާލު އުފައްދައިފަ އެވެ.

އެހެންނަމަވެސް އެކުންފުނިން ބުނީ މިމަހު ފޮނުވި ކަރަންޓު ބިލުގައި ހިމަނާފައިވަނީ ހަމައެކަނި ވިއްސާރަ ދުވަސްވަރުގެ ރީޑިން ނޫންކަމަށެވެ. 45000 އެއްހާ ކަސްޓަމަރުންނަށް ހަމައެކަނި މާލެ ސަރަހައްދުގައި ހިދުމަތް ދޭއިރު ދުވަހުން ދުވަހަށް ރީޑިން ނަގާފައި ފޮނުވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ކަރަންޓު އެއްވެސް ވަރަކަށް ބޭނުން ނުކުރާ ތަންތަނަށްވެސް ބޮޑެތި ބިލުތައް ފޮނުވާފައިވާ ކަަމަށް ބުނެފަ އެވެ. އެހެންނަމަވެސް ސްޓެލްކޯއިން ބުނީ ބިލުތައް ފޮނުވަނީ ސައްހަކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ.

މިދިޔަ މަހުވެސް ކަރަންޓު ބިލުތައް ބޮޑުވި މައްސަލަ ފެންމަތިވި އެވެ. ރަމަޟާން މަހަށް ދެއްވާނެކަމަށް ރައީސް ވިދާޅުވި ޑިސްކައުންޓު ހިމަނާފައި ނުވާ މައްސަލަވެސް ބޮޑުވި އެވެ. މިމައްސަލަ ބޮޑުވެ ސްޓެލްކޯއިން ވަނީ އާ ބިލުތަކެއް ތައްޔާރުކޮށް ފޮނުވައިފަ އެވެ. އަދި ބޮޑުކޮށް ފޮނުވުނު ބިލުތައް ދެއްކި ފަރާތްތަކަށް މިމަހު ޑިސްކައުންޓު ދޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިދިޔަ ދެ މަހުގެ ބިލަށް ޑިސްކައުންޓު ދިނުމަށް ސްޓެލްކޯއިން ވަނީ 61.7 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެއީ މާޗު މަހު ބިލަކުން އެވަރޭޖްކޮށް 333.14 ރުފިޔާ އެވެ. އަދި އޭޕްރީލް މަހު 656.79 ރުފިޔާ އެވެ.

Ads by Allied Insurance
  1. ދޮގުވެތިކަން

    ފޫޅުދިގު ގައްޑިޔޭކިޔާބަލަ. 5 ދުވަހު ވާރޭ ވެހުނު. 7 ދުވަހު ކަރަންޓް ބޭނުމެއްނުކުރަން. 700 އަރަމުން ދަނީ މަހަކު. ހުސްވި މަހުގެބިލް 1800 ރުފިޔާ ޑިސްކައުންޓް ދީފަ 3 ގުނަ އަރުވާލީ. ހެޔޮވެރިކަން

  2. ރަމީޒު

    2 އަހަރު ވީ އިރުވެސް މިވަރައް ނާރަ 1800 ސަތޭކަ އެންމެ ބޮޑުކޮއް އެރީ އެކަމު މިނިމުނު 2 މަހުވެސް 3000 ބޮޑު އިތުރު ބޭނުމެއް ނުކުރަން

  3. ސުލައިމާނު

    ކުނޑަ ކޮށް ދިން އެތިކޮޅު ދަމާގަތީ

  4. މިގޭވެސް. 600 އަރަނީ. މިފަހަރު 1700.