ޚަބަރު އިޖުތިމާޢީ

ކަނޑުތަކުގެ ދުވަހު މިނިސްޓަރުންގެ މަސްދަތުރެއް

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ބައިނަލް އަގުވާމީ ކަނޑު ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓްރީން އަންނަ ހުކުރު ދުވަހު ބާއްވާ މަސްރޭހުގައި ކެބިނެޓުން ބައިވެރިވާން ނިންމައިފިއެވެ.

Ads by STELCO

ކަނޑު ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ހަތްވަނަ ދުވަހެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ، އެ މަސްރޭހުގައި ކެބިނެޓުން ބައިވެރިވީ ނަމަވެސް، ބައިވެރިވަނީ މަސްރޭހުގެ ޓީމެއްގެ ގޮތުގައެއް ނޫން ކަމަށެވެ.

މިނިސްޓްރީއިން ބުނީ، ކެބިނެޓުގެ ޓީމު އެ މަސްރޭހުގައި ބައިވެރިވަނީ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ އެވެއާނެސް ސެޝަންތަކުގައި އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި އެ މިނިސްޓްރީން ބާއްވާ މުބާރާތަކީ ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކަށް ވެސް ހުޅުވާލާފައިވާ މުބާރާތެކެވެ.

ޕޯސްޓުގައި ވަނަތައް ކަނޑައަޅާފައިވާ އިނާމުތައް ވެސް ލިޔެފައިވެ އެވެ. އެއްވަނައަށް ދާ ޓީމަކަށް 15،000 ރ. އެވެ. ދެވަނަ ހޯދާ ޓީމަކަށް 10،000 ރ. އެވެ. ތިންވަނަ ހޯދާ ޓީމަކަށް 7،000 ރ. އެވެ. އެންމެ ބަރު މަސް ބާނާ މީހާއަށް 1،000 ރ. އެވެ.

އެ މުބާރާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!