ޚަބަރު ސަރުކާރު

ސިވިލް ސާވިސްގެ މުވައްޒަފުންގެ ހިދުމަތް އަވަސްކޮށްދެއްވާ: ނައިބު ރައީސް

އައިކާ ޔުނާން ، ދެން އޮންލައިން

ސިވިލް ސާވިސް މުވައްޒަފުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަކީ އަވަސް, އަދި ރަނގަޅު ހިދުމަތަކަށް ހަދައިދިނުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެދިވަޑައިގެންފި އެވެ.

Ads by MWSC

ދިވެހި ސިވިލް ސާވިސް ކޮންފަރެންސް 2024 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ, ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަލުވިކޮށް ޒަމާނީކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

ރައީސްގެ މި އަމާޒަށް ވާސިލުވުމަށް މަސައްކަތްކޮށްދެއްވުމަށް ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކޮށްދިނުމަށާއި އެ މުވައްޒަފުންނަކީ ހިނިތުންވުމާއި އޯގާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދޭ ބަޔަކަށް ވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ, ވަރަށް ކެތްތެރިކަމާ ކަމޭހިތުމާއެކު އަދާކުރަންޖެހޭ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި ސިވިލް ސާވިސްގެ އެއްބާރުލުމާއި އެހީތެރިކަން ދިވެހި ސަރުކާރަށް ބޭނުންވާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ, ހިދުމަތް ހޯދަން ދާއިރު ރައްޔިތުންގެ އަޑު އަހަން، ސުވާލުތަކަށް ޖަވާބުދާރީވާން، ކަންކަން ފަހިކޮށްދޭން، ހަލުވިކޮށްދޭން، މަގުފަހިކޮށްދޭން ތިބޭނީ ސިވިލް ސާވިސް މުވައްޒަފުން ކަމަށާއި ސަރުކާރަކުން އަމާޒު ހިފާ ކަންކަން ކުރުމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް މަސައްކަތްކުރާ އެއް ބަޔަކީ ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ.

މި ކޮންފަރެންސް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ދިވެހި ސިވިލް ސާވިސް ކޮންފަރެންސްގެ ފޮތް ނެރެދެއްވާފަ އެވެ.

Ads by Ooredoo
  1. ދިރާސާ

    ކައުންސިލްތަކުގައި ތިބޭ މުވައްޒަފުންނަކީ ރައްޔިތުންނާ އެންމެ ގާތުން އެންމެ ގިނަ ޚިދުމަތް ދޭން ތިބޭ މުވައްޒަފުން. ނަމަވެސް މިމުވައްޒަފުންނަށް ލިބޭ މުސާރައާއި އެލަވަންސް އަކީ ދައުލަތުގެ އެންމެ ކުޑަ މުސާރަ. މުވައްޒަފުންގެ 100% ނެރެވޭނީ މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއްވެސް ލިބިގެން. ނުވާތަކަށް ކައުންސިލްތަކަށް އިންތިޚާބުކޮށްފައިތިބޭ ކައުންސިލަރުންގެ ސަބަބުންވެސް މުވައްޒަފުންގެ މަސައްކަތަށް ހުރަސް އެޅޭ. ކައުންސިލްތައް ހިންގަމުންދަނީ ސިޔާސީ ޕާޓީގެ އުސޫލުން. ހިތަށްއެރިގޮތަކަށް . ފައިސާއާއި ތަކެތި ތަޅާބުރުވަނީ ބެލުމެއްނެތި. މިފަދަ މާހައުލެއްގައި ކިހިނެއްތޯ ތިބުނާފަދަ ޚިދުމަތެއް ދެވޭނީ.

  2. ނަޒީރުޖަމާލް

    ސިވިލްސަރވިސް މުވައްޒަފުން ޚިދުމަތް އަވަސްނުކުރާނެ.ބައެއް މުވައްސަސާތަކުގެ މީހުން ބަލަނީއެނީހުންނަކީ ވަކި ބައެއްކަމަށް. ބައެއް ވަޒީރުން ސިޔާސީ މީހުނަށް އަންގަނީ ސިވިލް ސަރވިސް މީހުނާ ނުބެހެވޭނެކަމަށާ އެމީހުންލައްވާ މަސައްކަތްކުރަން ސިޔާސީ މީހިނަށް ނޭންގޭނެކަމަަށް. ބައެއްމީހުންތިބީ އެމްޑީޕީވެފަ. ބައެއްތަންތަނުގެ ސިވިލް ހެޑުންނަށް ސެޓްފިކެޓަށް ބަލާފަ މިކަމުގެ ތަޖުރިބާނެތް މީހުން ލައިގެން ސިސްޓަމް އޮތީ އޮޅުން ބޮޅުންވެފް. މަސްހުނި މައްސަލަތަކެއް އޮތީ

  3. 25000ރ 35000ރ ލިބޭ މުވައްޒަފުން ކޮބާ. 7000ރ މުޅިއުމުރު ސަރުކާރުގަ އުޅުނީމް ދޭމީހުންކޮބާ.

  4. ދި އޯޑާސިޓީ

    ސިވިލް ސާރވިސްގެ މުސާރަ ބޮޑު ކޮށްދެއްވާ
    މެޑިކަލް އިންޝުއަރެންސް ދެއްްވާ
    ޢަހަރީ ބޯނަސް ދެއްވާ
    މަސަައްކަތުގައި 40 އަހަރު ހޭދަ ކުރާ އިރުވެސް ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތް ހަދާ ދެއްވާ
    އިޔާލީ އިންކްރިމަންޓް ލިބޭ ގޮތެއް ހަދާ ދެއްވާ
    ތައުލީމީ މަތީ ސެޓްފިކެޓް އަށް ކަނޑާލި އެލަވަންސް ދެއްވާ
    ރޯދަ އިނާޔަތް ކޯޕަރޭޝަން ތަކުގަ އޮންނަވަރަށް ދެއްވާ
    ޜޯދަ ހަދިޔާ ކޯޕަރޭޝަން ތަކުގައި ދޭގޮތަށް ދެއްވާ
    ދައުލަތުގެ އަޅުންގެ އަނގަޔާ އަތާ ދިމާކޮށްދެއްވާ
    ޖީއެސްޓީ 3% އިން 6% އިން 8% އަށް ދިޔައީމަވެސް ހަމަ 8000 ރުފިޔާ. ކޮތަޅާ މުދިން ޓެކްސް ނަގާ އިރުވެސް މައުމޫން އަލަތު ކައިވެނި ކުރި ޒަމާނުގެ ލިބުނު މުސާރަ އަދިވެސް . ހަމަޔަށް ބިލު ނުދެެއްކޭ ލިބޭ އެއްޗަކުން

    ނައިބުރައީސް ހޭބަލިވެފަތޯ