ޚަބަރު

އުރީދޫ ސޮނީ ލައިވް ޕެކްއިން ޔޫރޯގެ މެޗުތައް ހިލޭ ބަލާލެވޭނެ

އައިކާ ޔުނާން ، ދެން އޮންލައިން

ކުރިއަށް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ލައިވްކޮށް ފަސޭހައިން ބަލާލެވޭނެ ފުރުސަތު އުރީދޫއިން ފަހިކޮށްދީފި އެވެ.

Ads by STELCO

ޔޫރޯ އާ ދިމާކޮށް ފުޓުބޯޅަ ފޯރި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އުރީދޫން އިން ވަނީ އުރީދޫގެ ސޮނީ ލައިވް ޕްރީމިއަމް އެކްސެސް 30 ދުވަހުގެ މުއްދަތަކަށް ހިލޭ ލިބޭ ގޮތް ހަދައިފަ އެވެ.

އުރީދޫއިން ބުނި ގޮތުގައި މި ޕެކޭޖުގެ ދަށުން 250ރ އަށް 100 ޖީބީ އާއެކު މި ފްރީ ޕްރީމިއަމް އެކްސެސް ލިބިގެން ދާނެ އެވެ. މި ޕެކޭޖާއެކު ޑޭޓާ ލިމިޓާ މެދު އެއްވެސް ހާސްކަމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ވެސް ބަލާލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

ޔޫރޯއާ ދިމާކޮށް އިތުރު އޮފާތަކެއް ވެސް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން އުރީދޫ ސުޕާ އެޕް ގައި ޔޫރޯއަށް ހާއްސަކޮށް ސްޕިން ދަ ވީލް އޮފާއެއްގައި ކޮންމެ ދުވަހަކު ވެސް ކޮންމެ ކަސްޓަމަރަަކަށް ވެސް ބައިވެރިވެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.

އުރީދޫ އެޕް މެދުވެރޮކޮށް ޕެކް އެކްޓިވޭޓްކޮށްގެން އަދި އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލް އަށް އިތުރު ޓިކެޓް ލިބޭއިރު, އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާ ކޭޝް-އިން ހިމެނޭނެ ކަމަށް އުރީދޫން ބުނެ އެވެ.

މީގެ އިތުރުން ސްކޯ ދިމާކުރުމުގެ ގޭމެއް ވެސް އުރީދޫން ޔޫރޯ މުބާރާތުގައި ކުރިއަށް ގެންދާނެއެވެ. ކޮންމެ މެޗެއްގެވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ހުޅުވާލައި އަގުހުރި އިނާމުތައް ދިނުމަށް ވަނީ ނިންމައިފަ އެވެ. މި ގޭމުގެ ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ޕްލޭސްޓޭޝަން 5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަން ޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް5 ފީފާ 2024 ހިމެނޭ ޕްލޭސްޓޭޝަން ކިޓެއް ލިބޭނެ އެވެ.

އުރީދޫ ޔޫރޯ ފެންޓަސީ ލީގެއްވެސް ކުރިއަށް ދާއިރު، މި ލީގުގައި ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމްތައް އުފައްދައި 25،000 ރުފިޔާގެ ގްރޭންޑު ޕްރައިޒް ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!