ޚަބަރު އިޖުތިމާޢީ

ދިވެހިންގެ އެހީގައި ތެންޒޭނިއާގެ އަންހެނުންގެ 17 އަހަރުވީ މިސްކިތުގެ ހުވަފެން ހަގީގަތަކަށް

އައިކާ ޔުނާން ، ދެން އޮންލައިން
ޓެންޒޭނިއާގެ މިސްކިތެއް. ދިވެހިންގެ ހަރަދުގައި އެގައުމުގެ ދުވަސްވީ މިސްކިތެއް ވަނީ ހުޅުވާފައި

ދިވެހީންގެ އެހީތެރިކަމާއެކު ތެންޒޭނިއާގެ އަންހެނުން ނަމާދުކުރުމަށް އެ ގައުމުގައި މިސްކިތެއް ބިނާކޮށްފި އެވެ.

Ads by Hajj Corporation

އެފްރިކާ ބައްރުގެ ތެންޒޭނިއާގައި މިސްކިތް ބިނާ ކޮށްފައިވަނީ ހިދުމަތް ޖަމިއްޔާއިން ދިވެހިން ދިން މާލީ އެހީތެރިކަމާ އެކުގަ އެވެ.

މިސްކިތް ހުޅުވުމަށްފަހު ހިދުމަތް ޖަމިއްޔާގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ, މި ބިމަކީ މީގެ 17 އަހަރު ކުރިން އެ އަވަށުގެ އަންހެނުން ފައިސާ އެއްކޮށްގެން މިސްކިތެއް އެޅުމަށް ގަތް ބިމެއް ކަމަށެވެ.

ނަމަވެސް އޭރު އެ މީހުންނަށް އެއް ކުރެވުނު ފައިސާއިން ހަމައެކަނި ބިނާ ކުރެވުނީ އެ ތަނުގެ ހަތަރު ފާރު އެކަނި ކަމަށާއި މިދިޔަ 17 އަހަރުގެ މިސްކިތުގައި ނަމާދު ކުރަމުން ދިޔައީ އެގޮތަށް ކަމަށެވެ.

އިބްރާހިމް ވިދާޅުވީ ހިދުމަތް ޖަމިއްޔާއަށް މިކަމުގެ މައުލޫމާތު ލިބުމުން މިދިޔަ ރޯދަ މަހު ފައިސާ އެއްކުރުމުގެ މަސައްކަތް ފެށި ކަމަށާއި މިއަދު މިސްކިތް ބިނާ ކޮށް ނިމި ނަމާދުކުރަން ފެށީގެންދިޔައީ ދިވެހިން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާ އެކުގައި ކަމަށެވެ.

"ދޭހާ އަތްވެއްގައި ވެހޭހާ ވާރެއްގައި ނަމާދު ކުރަމުން ދަނިކޮށް ދިވެހިންގެ އެހީތެރިކަމާއެކު މި މިސްކިތް ވަނީ ބިނާ ކުރެވިފައި," އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވަނީ 4390 އެތައް މޭލެއް ދުރުގައި އޮންނަ ގައުމެއްގެ މުސްލިމުންނަށްޓަކައި ދިވެހިން ފޯރުކޮށްދިން ސަދަގާތު ޖާރިޔާއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!