ޚަބަރު ރައްޔިތުންގެ މަޖިލިސް

ގާސިމް ވިދާޅުވަނީ މެމްބަރުންނަށް ލިބޭ މުސާރައިން ހަރަދުތައް ދެކޮޅު ނުޖެއްސޭ ކަމަށް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް/ ފޮޓޯ: ދެން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައިން ހަރަދުތައް ދެކޮޅު ނުޖެއްސޭ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ގާސިމް މިގޮތަށް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ ހިޔާލު ހޯދުމަށް އޭނާ ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ނެވެ.

މެމްބަރުންނަށް ލިބޭ މުސާރަ ކުޑަކުރަން ދެކޮޅުކަން ހާމަކުރައްވަމުން ވިލާ ކުންފުނީގެ ޗެއާމާން ގާސިމް ވިދާޅުވީ މެމްބަރުންނަށް ލިވިން އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. އަކުން ވެސް އެ ހަރަދު ދެކޮޅު ނުޖެއްސޭ ކަމަށެވެ. ހާއްސަކޮށް ރަށްރަށުން އިންތިހާބުވާ މެމްބަރުންނަށް އެވަރުން ހަރަދުތައް ދެކޮޅު ނުޖެއްސޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ

"ހަމައެހެންމެ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ކުރަންވެސް ނުފެންނަ ކަމަށް އަދި އިނާޔަތްތައް ވެސް ކުޑަކުރަން ނުފެންނަ ކަމަށް އަޅުގަނޑު ދަންނަވަން. އެހެނީ ރާއްޖޭގެ އެކި ރަށްރަށުން ހޮވިވަޑައިގެން މިތަނަށް ވަޑައިގަންނަވާ ބޭފުޅުން 20،000ރ. ގެ އެލަވަންސެކޭ ބުންޏަސް 20،000ރ. އަކުން އެބޭފުޅުންނަށް ހަަމައެއް ނުޖެއްސޭނެ ކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިނގޭ." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި މަޖިލިސް މެމްބަރުންނަކީ މަޖިލީހުން ލިބޭ މުސާރައިގެ އިތުރަށް އެހެން ފައިސާއެއް ހައްގުގޮތުގައިި ހޯދޭނެ ގޮތެއް އޮތް ބައެއް ނޫނެވެ. އެހެންކަމުން އެ މީހުންގެ މުސާރަ ކުޑަކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

"އެހެންމަ އޭގެ މައްޗަށް ބިނާކޮށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކުންނަކީ އެހެން އެއްވެސް ސިފައެއްގައި ހައްގުގޮތުގައި އަތަށް ލާރިއެއް ލިބޭނެ ގޮތެއް އޮތް ބައެއް ނޫން. ދައުލަތުގެ ހުރިހާ މަސައްކަތެއް ކުރާ ވުޒާރާތަކާއި އަދި އެ ނޫން އެހެން ކުންފުނިތަކާއި ތަންތަނުގެ ވެރިންނާއި އަދި އެތަންތަނުގެ މުވައްޒަފުންނަށް ލިބޭ ފަދައިން ފައިސާ އަތުޖެހޭ ބައެއް ނޫން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ގޮތުގައި އެ ތިއްބެވި ބޭފުޅުންނަކީ" ގާސިމް ވިދާޅުވި އެވެ.

މެމްބަރުންގެ މުސާރަ ކުޑަކަމަށް ގާސިމް ވިދާޅުވިއިރު، އެ ގަރާރު ހުށަހެޅުއްވި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވެސް ވަނީ އެެކަން ފާހަގަކުރައްވާފަ އެވެ.

މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ ގޮތުގައި 42,500ރ. ލިބެ އެވެ. ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މުސާރައިގެ ގޮތުގައި ޖުމްލަ 82،000ރ. ޖެހޭއިރު އާއްމުން ދަނީ މިކަމާ މެދު ނުރުހުން ފާޅުކުރަމުން ނެވެ. ގައުމުގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ކަމާ ގޫޅޭ މާހިރުން ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ގޮވާލާފަ އެވެ.

  1. ކަނޑި

    ގާސިމަކީ މިގައުމުގެ ހަލާކު

  2. ވިލާ ސްޓޫޑަންޓް

    ވެން ޔުއަރ ވައިވްސް ޔޫސެސް އޯލް ޔުއަރ އިންކަމް ޓު ޗީޓް އޮން ޔޫ