ޚަބަރު ސަރުކާރު

މަސް ނިމުނުއިރު ޔޫސަބަލް ރިޒާވްގައި ހުރީ 73.1 މިލިއަން ޑޮލަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމްއެމްއޭ ހިންގާ އިމާރާތް / ފޮޓޯ: ދެން

ރާއްޖޭގެ ޔޫސަބަލް ރިޒާވްގައި ހުރީ 73.1 މިލިޔަން އެމެރިކާ ޑޮލަރު (1.2 ބިލިއަން ރުފިޔާ) ކަމަށް މަރުކަޒީ ބޭންކް, އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by Sosun Fihaara

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މެއި މަހުގައި ޖުމްލަ ރިވާޒް ހުރީ 492.2 މިލިޔަން ޑޮލަރުގަ އެވެ. ނަމަވެސް ދަރަންޏާއި އެ ނޫން ވެސް ކުރު މުއްދަތަށް ކުރަން ޖެހޭ ޚަރަދުތަކަށް 419.1 ޑޮލަރު އަރަ އެވެ. އެހެންކަމުން ބޭނުންކުރެވޭ ހުރީ 73.1 މިލިޔަން ޑޮލަރެވެ.

އަޅާކިޔާއިރު, މިދިޔަ އަހަރު މެއި މަހު ޔޫސަބަލް ރިޒާވް ހުރީ 148 މިލިޔަން ޑޮލަރުގަ އެވެ. މިދިޔަ އަހަރާ އަޅާބަލާއިރު, މިއަހަރު މިވަނީ 50 އިންސައްތައަށް ރިޒާވް ދަށްވެފަ އެވެ.

ޔޫސަބަލް ރިޒާވް ދަށްވިއިރު ޖުމްލަ ރިޒާވް ވެސް ވަނީ ދަށަށް ގޮސްފަ އެވެ. އޭޕްރީލް މަހުގައި ޖުމްލަ ރިޒާވް ހުރީ 622.1 މިލިޔަން ޑޮލަރުގަ އެވެ. މެއި މަހު އެ އަދަދު ވަނީ 21 އިންސައްތަ ދަށަށް ގޮސްފަ އެވެ.

ރިޒާވް ދަށްވެފައިވާއިރު, ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!