އެނާޖީ ޑްރިންކް އެތެރެކުރަން ދެމުން އައި އިނާޔަތް އަންނަ އޯގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަނޑައިލަން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ނިންމައިފި އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒް ވަނީ އޯގަސްޓު މަހުން ފެށިގެން ކަސްޓަމްސްއިން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ.
އެގޮތުން ވިދާޅުވީ ސިއްހީ ގޮތުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެނާޖީ ޑްރިންކު އެތެރެކުރަން ދެމުންދިޔަ އިނާޔަތްތައް ކަނޑައިލަން ނިންމާފައިވާ ކަމަށެވެ. އިނާޔަތް ކަނޑާލައިފިނަމަ އެނާޖީ ޑްރިންކުގެ އަގު މިހާރު ހުރި ވަރަށްވުރެއް ބޮޑުވާނެކަމަށް ބެލެވެ އެވެ.
މީގެ އިތުރުން ނިޔާޒް ވިދާޅުވީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެއްގަމު އުޅަނދު އިތުރުކުރަން ކަސްޓަމްސްއިން ދެމުން އަންނަ އިނާޔަތްވެސް ކަނޑާލަން ނިންމާފައިވާ ކަމަށެވެ.
"ކުރީގަ ހަމަ އެންމެ ބޮޑަށް އެލެވެންސް ބޭނުން ކުރަމުންދިޔަ އެއް ދާއިރާއަކީ ވެހިކަލް. މިހާރު މި ބަދަލާއެއްކޮށް އެ އުޅަނދު ފަހަރަކަށްވެސް އެލެވެންސް ލިބިގެންނެއް ނުދާނެ"
ނިޔާޒު ވިދާޅުވި ގޮތުގައި އިނާޔަތްތައް ކަނޑައިލުމުގެ ބޭނުމަކީ ތޮއްޖެހުން ކުޑަކޮށް ސިއްހީ އަދި ތިމާވެށީގެ ގޮތުން ލިބޭ ގެއްލުންތައް ކުޑަކުރުމެވެ.
ކަސްޓަމްސްއިން މި ފިޔަވަޅުތައް އެޅުމުން ސައިކަލާއި، ކާރުގެ އަގުވެސް އުފުލިގެން ދާނެކަމަށް ބެލެވެ އެވެ. އެއީ މިތަކެތި ރާއްޖެ އެތެރެ ކުރާ ފަރާތްތަކުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފީ އަންނަ މަހުން ފެށިގެން ބޮޑުވާނެތީ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރުމުން އޭގެ އަގު އުފުލުނެވެ. އެސަރުކާރުން ވަނީ ދުންފަތުގެ އެކި ބާވަތްތަކުންވެސް ޑިއުޓީ ބޮޑުކޮށްފަ އެވެ. އޭގެ ސަބަބުން ސިނގިރޭޓާއި، ދުންފަތުގެ އަގުވެސް އޭރު އުފުލިގެން ދިޔަ އެވެ.
މީހުންނަށް އޮޅޭގޮތަށް ނުކިޔާބަލަ. މިއިނާޔަތަކީ އަމިއްލަމީހުން( ވިޔާފާެރިތައްނޫން އާންމު ފަރުދުން) ގެންނަ ތަކެތީގެ ވާހަކަ.
ވިޔަފާރިތަކުން ގެންނަ ތަކެއްޗަށްކުރާނެ އަސަރެއް މިކަމަކުންނެތް.