ދުނިޔެ

ކޮވިޑް19: ހާލުގައި ޖެހި މަލާވީގެ ގިނަބަޔަކު މިހާރު ކަނީ މީދާ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮވިޑްގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރި އެކަމުގެ ހިތިކަމާއި ދަތިކަން އެންމެ ބޮޑަށް ތަޖުރިބާ ކުރަމުންދާ ބަޔަކީ ފަގީރު ގައުމުތަކުގެ ރައްޔިތުންނެވެ. އެގޮތުން 19 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި ފަގީރު ޙާލުގައި އުޅޭ ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީގެ ރައްޔިތުންނަށް މި ދުވަސްވަރު ވެގެންދަނީ ވަރަށް ނިކަމެތި ދުވަސްވަރަކަށެވެ.

Ads by Sosun Fihaara

ކޮވިޑް19 ގެ ސަބަބުން މަލަވީ ގިނަ ބައެއްގެ ވަޒީފާ ގެއްލި ، ކުރަމުން ދިޔަ މަސައްކަތް ވަނީ ގެއްލިފައެވެ. އެހެންކަމުން އެމީހުންގެ ބަނޑުފުރާނަ މުއްތި ކުރުމަށް އެމީހުން ދަނީ އެތައް ތަކްލީފްތަކެއް އުފުލަމުންނެވެ. މިގޮތުން ކެއިން ބުއިމަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި މަލާވީގެ ވަރަށް ގިނަ ބައެއްގެ މިހާރުގެ ކެއުމަކީ މީދަލެވެ. ހައިވޭތަކާއި ކެއުން ބުއިން ވިއްކާ ތަންތަނާއި މާރުކޭޓްތަކުގައި ކެއްކި މީދަލާއި ފިހުނު މީދާ އާންމުކޮށް ލިބެން ހުރެއެވެ.

އޭއެފްޕީއާއި ވާހަކަ ދައްކަމުން މީދާ ހިފާ މީހެއް ކަމަށްވާ ބާނާޑް ސިމިއޯން ބުނީ އެމީހުން ކުރިން ވެސް އުޅެމުން ދިޔައީ ދަތި ދިރިއުޅުމެއް ކަމަށާއި އަދި ކޮވިޑް 19ގެ ސަބަބުން އެ ދިރިއުޅުން އިތުރަށް ދަތިވެއްޖެ ކަމަށެވެ. ކަލޭރާ ކިޔާ އަންހެނަކު ބުނީ ދަތި ދަނޑިވަޅުތަކުގައި އެމީހުންނަށް އެއްގަމު މަހެއް ނުލިބޭ ކަމަށާއި އެހެންވެ އެމީހުން ކަނީ މީދާ ކަމަށެވެ.

އެހެން ވެސް ގިނަ ގައުމުތަކެކޭ އެއްފަދައިން ކޮވިޑް19 އާއި ގުޅިގެން މަލާވީގެ އިގްތިސާދު ވެސް ވަނީ ފުނޑުފުނޑުވެފައެވެ. އެތައް ބަޔަކު ކުރަމުން ދިޔަ މަސައްކަތް ހުއްޓި ، އެތައް ބައެއްގެ ވަޒީފާ ގެއްލިފައެވެ. ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލޭ ކޮންމެ މީހަކަށް މަހަކު 50 ޑޮލަރު ދިނުމަށް މަލާވީގެ ސަރުކާރުން ވަނީ ނިންމާފައެވެ. ޖޫން މަހުން ފެށިގެން ފައިސާ ދޭން ނިންމި ނަމަވެސް އަދިވެސް އެފައިސާ ދޭން ނުފެށޭ ކަމަށް މީޑިއާތައް ބުނެއެވެ.

މަލާވީން 5500 އެއްހާ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 170 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

Ads by HDC
  1. ގައިދު

    އިންޑިޔާ މީހުން އެބައުޅޭ މިރާއްޖެއަށް ވެރިވެ ދިވެހިިން މީދާކާން ޖައްސަންވެގެން. ހޭއަރާ ތިބޭތި