ޚަބަރު އިޖުތިމާޢީ

ހަށި ވިއްކަނިކޮށް ހައްޔަރު ކުރި ފިރިހެން މީހާ ދޫކޮށްލައި ތިން އަންހެނުންގެ ބަންދަށް 15 ދުވަސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ / ޝަހީދު އާދަމް ބިލްޑިން/ ފޮޓޯ:ދެން

މާލޭގެ ސްޕާއެއްގައި ހަށި ވިއްކަމުން ދަނިކޮށް ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ދޫކޮށްލައި ތައިލެންޑުގެ ތިން އަންހެނުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

Ads by MWSC

ހަށި ވިއްކަމުން ދިޔަ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ސްޕާއެއް ރެއިޑް ކުރުމުގެ ތެރޭގައި ހައްޔަރުކުރި ދިވެހި ފިރިހެން މީހާއަކީ އުމުރުން 55 އަހަރުގެ މީހެކެވެ. ތައިލެންޑް ތިން އަންހެނުންގެ ތެރެއިން ދެ މީހުންނަކީ 30 އަހަރުގެ ދެ މީހުންނެވެ. އަނެއް މީހާގެ އުމުރަކީ 28 އަހަރެވެ.

ފުލުހުންގެ ހައްޔަރަށް މި މީހުން ގެނެސް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާ އެކު ދިވެހި ފިރެހެން މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ތައިލެންޑުގެ ތިން އަންހެނުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ހަށިވިއްކާ ފަރާތްތައް ހައްޔަރު ކުރުމަށްފަހު ޑީޕޯޓުކޮށްލާއިރު، ހަށި ގަންނަ ގިނަ ފަރާތްތައް ގާނޫނީ ކޮންމެވެސް ސަބަބަކާ ހުރެ އާންމުކޮށް ދޫވެ އެވެ.

ސްޕާގެ ނަމުގައި އޮޅުވާލައިގެން ހަށިވިއްކަމުންދާ ނާސިގެތައް މާލޭގައި ގިނަ އަދަދަކަށް ހުރެ އެވެ. މިފަދަ ތަންތަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތް ކުރެވެމުން ނުދާ ކަަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!