ޚަބަރު

ޒިފްލީނާ ފްލެޓް ގަތް މައްސަލަ ފުލުހުން އޭސީސީއަށް ހުށަހަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ބޮޑު އަގުގައި ފްލެޓް ގަތް މައްސަލައިގައި ކޮރަޕްޝަން ހިމެނޭ ކަމަށް ޝައްކު ކުރެވޭތީ މީހަކު ހުށަހެޅި މައްސަލަ އަކާ ގުޅިގެން އެކަން ބަލައިދޭން ދިވެހި ފުލުހުންގެ ޚިދުމަތުން, އެންޓި ކޮރަޕްޝަން ކޮމިޝަން, އޭސީސީގައި އެދިއްޖެއެވެ.

Ads by Sosun Fihaara

ޒިފްލީނާ ވަނީ ހުޅުމާލެ އިން އެފްޑަބްލިއު ރެސިޑެންސްގެ 1،200 އަކަފޫޓްގެ ފްލެޓެއް ބައްލަވައިގެންފައެވެ. އެ ފްލެޓް ބައްލަވައިގަތީ 3.5 މިލިއަން ރުފިޔާ އަށެވެ.

މިކަމާ ގުޅޭ ގޮތުން "ދެން"އާ ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު އޭސީޕީ އަޙްމަދު ޝިފާން ވިދާޅުވީ, މި ފްލެޓް ގަތް މައްސަލައިގައި ކޮރަޕްޝަން ހިމެނޭ ކަަމަށް މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން, އެކަން އިތުރަށް ބައްލަވައިދެއްވުން އެދި އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.

ޒިފްލީން އަގުބޮޑު ފްލެޓެއް ބައްލަވައިގަތުމުން ގިނަ ބައެއްގެ ސަމާލުކަން އެކަން އައެވެ.

އެއާއެކު ޒިފްލީން ވަނީ އިއްޔެ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އެޕާޓްމަންޓެއް ގަނެފައި ވާނީ ސްޓޭޓް މިނިސްޓަރުގެ މަގާމް ލިބިވަޑައިގަތުމުގެ ކުރިން ކަމަށެވެ. އަދި އަދި މަގާމާ ހަވާލުވެ، ސްޓޭޓް މިނިސްޓަރުން ހާމަކުރަން ޖެހޭ އެސެޓް ޑިކްލަރޭޝަން ފޯމުގައި ވެސް އެޕާޓްމަންޓްގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ރެހެންދި

    ފްލެޓް ގަތުމަކީ މައްސަލައެއްތަ؟ ފްލެޓް ގަންނަވަރަށް ފައިސާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ނުބެލުވުން ނޫނީ އެފަދަ ތަނަވަސްކަމެއް އާއިލާގަވެސް ނެތުންތާ މައްސަލައަކަށްވާނީ.
    ހައުސިން ސްކީމްތައްވެސް އެބަހުރި ވިއްޔާ.