ޚަބަރު ސަރުކާރު

އައްޑޫ ރައްޔިތުން ކަރަންޓާ ނުލާ އުޅެން ދަސްކުރަންޖެހޭކަމަށް ބުނި ވާހަކަ ދޮގުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުއާޒު ރަޝީދު

އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓާއި ނުލައި އުޅެން ދަސްކުރަންޖެހޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުއާޒު ރަޝީދު ވިދާޅުވިކަމަށް ބައެއް މީޑިއާތަކުން ފަތުރާ ވާހަކަ އޭނާ ދޮގުކުރައްވައިފި އެވެ.

Ads by Sosun Fihaara

މިއަދު ދައުރުވަމުންދާ ހަބަރެއްގައި ބުނެފައިވަނީ އައްޑޫ ސިޓީއަށް ދިމާވަމުންދާ ކަރަންޓު ކެނޑުމުގެ މައްސަލައާއި ގުޅިގެން އެސިޓީގައި ދިރިއުޅޭ ރައްޔިތުން ކަރަންޓާ ނުލައި އުޅެން ދަސްކުރަންޖެހޭކަމަށް މުއާޒު ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް އެ ހަބަރު ދޮގުކުރައްވަމުން ވިދާޅުވީ އެއީ އެއްވެސް އިރަކު ވިދާޅުވި ވާހަައެއް ނޫން ކަމަށެވެ.

އެއާއެކު މުއާޒު ވަނީ އައްޑޫ އަށް މިހާރު ކަރަންޓުގެ މައްސަލަ ދިމާވަމުންދާ ސަބަބުތައް އޮޅުންފިލުއްވައި ދެއްވައިފަ އެވެ.

ވިދާޅުވީ މާކެޓު ރޭޓުގައި 44 ރުފިޔާއަށް ނިންމޭނެ އިމާރާތެއް 76 މިލިއަން ރުފިޔާ ހަރަދު ކުރިއިރުވެސް ނިމިފައި ނުވާކަމަށެވެ. އަދި ކުރީ ސަރުކާރުން ނާޖާއިޒުކޮށް އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވެފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

މިތަނުގެ އިތުރު ތަފްސީލުތައްވެސް އޭނާ ހިއްސާ ކުރެއްވި އެވެ. އެގޮތުން މުޅި ޖުމްލަ 99 މުވައްޒަފުން މަސައްކަތް ކޮށްގެން 931.58 އަކަ މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާއިރު އެމަސައްކަތުގެ މާކެޓު އަގަކީ 44 މިލިއަން ރުފިޔާކަމަށެވެ. ކުރީ ސަރުކާރުން މުވައްޒަފުންގެ ހަރަދުތަކަށް 22 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ޕެޓީކޭޝްގެ ގޮތުގައި 1.9 މިލިއަން ރުފިޔާ އަދި ތަކެތީގެ އަގަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާތީ ޖުމްލަ އަގު 76 މިލިއަން ރުފިޔާއަށް އަރާކަމަށް މުއާޒު ވިދާޅުވި އެވެ.

އައްޑޫ ގައި އިންޖީނުގޭގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށިނަމަވެސް އެތަނުގެ ބޮޑުބައެއް އަދިވެސް ހުރީ ނުނިމި އެވެ.

އައްޑޫއަށް އެކަށީގެންވާ މިންވަރަށް ކަރަންޓު ފޯރުކޮށް ނުދެވޭތީ ދޭތެރެ ދޭތެރެއިން އެސިޓީން ކަރަންޓު ކެނޑޭއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެފަހަރެއްގެ މަތިން އެކަމަށް ވަގުތީ ހައްލެއް ގެނަސްފައި ވެއެވެ. ފެނަކައިން މިހާރު ދަނީ މިމައްސަލައަށް ދާއިމީ ހައްލެއް ގެންނަން މަސައްކަތް ކުރަމުންނެވެ.

Ads by Ooredoo
  1. ާއައްޑޫކުއްޖާ

    ޢަބަދު ކުރީ ސަރުކާރު ނުކިޔާ ޒިއްމާދާރު ވެބަލަ