ޚަބަރު

އިންޑިއާ ސިފައިން ބޭލި ކަމަށްބުނެ، މި ސަރުކާރުން އެ މީހުން ލައިގެން ތިބި ގަމީސް ނުފުށުން ލެއްވީ: ޝާހިދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލި ކަަމަށް ބުނެ، މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާފައިވާ ކަަމަށް  އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޭ އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ޝާހިދު ވިދާޅުވީ، މި ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުތަކަކީ ކުރިން އެމަނިކުފާނު ޚާރިޖީ ވަޒީރު ކަމުގައި ހުންނެވިއިރު ވެސް ގެންގުޅުއްވި ސިޔާސަތު ކަމަށެވެ. އެގޮތުން އިޒްރޭލު ނޫން އެހެން ޤައުމުތަކާއެކު ގުޅުން ބާއްވާނެކަން މި ސަރުކާރުގެ ޚާރިޖީ ވަޒީރު ފާހަގަ ކުރެއްވިކަން ފާހަގަ ކުރައްވާ ވިދާޅުވީ، މިއީ ރަނގަޅު ފާލެއް ކަމަށެވެ.

ޝާހިދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، "އެ އުސޫލުތައް މިހާރު ވިސްނިވަޑައިގެންވިކަން، ވާހަކަދައްކަވަން ފެއްޓެވިކަން އެއީ ރަގަޅެއް" ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މި ސަރުކާރުން ގެންގުޅެމުން އައި އިންޑިއާ އައުޓް ކެންޕެއިންއަކީ ގޯހެއް ކަން ކުރިން ވެސް ވިދާޅުވި ކަމަށާއި އެކަމާ ދުރަށް ވަޑައިގަންނަވާތީ އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އެ ކެންޕެއިންއާ ހެދި މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ޚާރިޖީ ވަޒީރު ޖެހި ވަޑައިގަތީ އޭގެން ލިބުނު ގެއްލުން ފޫބައްދަން ކަމަށެވެ.

ޝާހިދު ވަނީ އިންޑިއާ ސިފައިން ބާލުވާ، ސިވިލް މީހުން އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ގެނައި ވާހަކައަށް ރައްދު ދެއްވާފައެވެ.

އެގޮތުން ވިދާޅުވީ، ރާއްޖޭގައި އޭރު ވެސް ތިބީ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބި ސިފައިން ކަމަށާއި މިއަދު ތިބި ސިވިލް މީހުން ވެސް ތިބީ ހަމަ ކުރިން އަމަލު ކުރަމުންއައި އެގްރީމެންޓްގެ ދަށުން ކަމަށެވެ.

"މިއަދު ވެސް ހަމަ އެ އެގްރީމެންޓްގެ ދަށުން، ހަމަ އެ އުސޫލުގެ ދަށުން، ފުލް އިމިއުނިޓީގެ ދަށުން މިތިބެނީ، ހަމައެކަނި ވިކަމަކީ އެ މީހުން ލައިގެން ތިބި ގަމީސް ނުފުށުން ލީ. ހަކުރުފުޅީގެ ބޭރުގައި ލޮނު ޖަހާލީ، ހިންޏަށް އޮޅުވާލީ" ސަރުކާރުން މިކަން ކުރުމުގައި އޮޅުވާލި ކަމަށް ތުހުމަތު ކުރައްވާ ޝާހިދު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ނުފުސުންވެސް ތިޔުނީފޯމު އެއޮތީ ލައްވާފަ. ދެން ހަމަ ފިތުނަ ފަސާދަ އުފައްދަ އުފައްދާ ތިބެން ޖެހޭނީ. ތީމިގައުމު ބަގުރޫޓު ކޮއްލި މުނާފިގުން ކޮބާ ލަދު ހަޔާ ކަލޭ ތިވާހަކަ ދައްކަން. ކަލޭމެންތީ އިންޑިޔާ ސިފައިން މިރާއްޖޭގަނެތޭ ބުނިމީހުން. ޓީވީ ތަކައްއަރާ. މިހާރު މިވީގޮތަކީ މުއިއްޒު އެމާހުން ބާލާފަ ސިވިލް މީހުންނޭ ބުނި ހިސާބުން މިތިގަ އިންޑިޔާ ސިފައިން ތިބިކަމައް ވެއްޖެ މިހީހުން ނައް. ކުރިން ނެތޭ ކީމީހުން މީ. ލަލަލާ