ޚަބަރު

ރައްޔިތުން މަޖިލީސް ދިނީ ރައީސް މުއިއްޒަށް، ހުސް ގޮނޑިއެއް ނުދައްކަން: އަބްދުއްރަހީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރޭ ބޭއްވި ޖަގަހަ ޖަލްސާގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ދެން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފައިވަނީ ހުސް ގޮނޑިއެއް ނުދައްކާ ކަމަށާއި, ރައްޔިތުން މަޖިލީސް ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް, އަބްދުއްރަހީމް އަބްދުالله ރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އަބްދުއްރަހީމް އެހެން ވިދާޅުވީ, ހ.ވެޔޮވިލާ ގައި ހުންނަ ކޮންގްރެސް ޖަގަހާ ގައި ދެއްކެވި ވާހަކަފުގަ އެވެ.

މާލޭގެ ކުރީގެ މޭޔަރު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ، އެމަނިކުފާނުގެ ހުސް ގޮނޑިއެއް ދައްކައިގެން ކަމަށް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ޗެއާޕާސަން ކަންވެސް ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވީ, މަޖިލިސް އިންތިހާބުގައި ޔާމީންގެ ޕާޓީން ވެސް ނިކުމެ ވަޑައިގަތް ކަމަށާއި, ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވީ މުއިއްޒު ތާއީދު ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި އެ އިންތިހާބުގައި ހުސް ގޮނޑި ނުދައްކަވާ ކަމަށާއި, ދެއްކެވީ ތަރައްގީއާއި, ކުރިމަގު ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅުގައި ޕީއެންސީގެ މަޖިލީސް މެންބަރުންނަށް ވަނީ ނަސޭހަތްޕުޅެއް ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ, މެންބަރުން ހައްލަން ވާދަވެރި ލީޑަރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް ރައްޔިތުން އެ މެންބަރުން އިންތިހާބު ކުރީ ސަރުކާރު ދަމަހައްޓައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރަން ޖާގަ ދޭންކަން އެނގެންވާނެ ކަމަށެވެ.

"ރައީސް ޔާމީން ކިތަންމެ ވަރަކަށް ހިތްދަތި ވިޔަސް ރައްޔިތުންގެ މަޖިލީހަކީ ރައީސް މުއިއްޒުގެ މަޖިލީހެއް. ރައީސް މުއިއްޒަށް ރައްޔިތުން ދީފައި އޮތް މަޖިލީހެއް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިކަމަށް ސަމާލުކަން ދެއްވަން ވާނެ،" އަބްދުއްރަހީމް ވިދާޅުވީ, މަޖިލިސް މެންބަރުންނަކީ ޔާމީން ވިދާޅުވާހާ ގޮތަކަށް އަމަލު ކުރަން ޖެހޭ ބައެއް ނޫން ކަމަށާއި ރައްޔިތުންްނާއި ގައުމަށް ލާބަ ހުރި ގޮތަށް މެންބަރުން އަމަލު ކުރައްވަން ޖެހޭ ކަމަށެވެ.

Ads by Allied Insurance
  1. އެހެންތޭ

    އަދުރޭ އަމާ އަށް ރައްޔިތުންގެ މަޖްލީސް ދިނީ ސަރުކާރުގެ ފައިސާ ވަގަށް ނަގައިގެން ގޮސް ނިކަމެތި ރައްޔިތުންނަށް ބަހާ ވަގުން ވައްކަން ކުރާ އުސޫލުންނޭ އެކަން ކުރީ ދެން އަނެއް ކޮޅުން ރައީސް ޔާމީން ޖަލަށް ގަޅާލައިގެން ތިބެ އެކަން ކުރީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ އަދުރޭ އަމާ އަށޭ ރައްޔިތުންގެ މަޖްލީސް ދިނީ