ދުނިޔެ

ވިހާފައި ، ހަށިގަނޑުގެ އެއްބައި ވަޅުލާފައި އޮތް ކުއްޖަކު ފެނިއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންޑިއާ: ވިހާފައި އެއްލާލާފައި އޮތް ކުއްޖަކު ސަލާމަތް ކޮށްފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ މީޑިއާތައް ބުނެފައިވާ ގޮތުގައި ހައިދަރު އާބާދުގެ ކްރިޝްނަވަރަމްގައި ހިނގި މި ހާދިޘާގައި ކުއްޖާ ސަލާމަތް ކޮށްފައިވަނީ ކަންބަޅި ބަލަހައްޓާ މީހެކެވެ. ފޮރެސްޓް ޖައްގައްޔެއްގެ ތެރެއިން ކުއްޖަކު ރޯ އަޑު އިވިގެން ހޯދާ ބެލިއިރު އޭނާ އަށް ތުއްތު ކުއްޖާ ފެނުނީ ހަށިގަނޑުގެ އެއްބައި ވަޅުލާފައިވަނިކޮށް ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އޭނާ ވަނީ އެ އަވަށުގެ ބައެއް މީހުންގެ އެހީގައި ވަގުތުން ކުއްޖާ ނަގައިގެން އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ކުއްޖާގެ އަނގަޔާއި ނޭފަތުގައި ހުރި ޗަކަ ވެލިތައް ނަގާ ފެނުން ސާފުކޮށްފައިވެއެވެ.

އެ ކުއްޖާ ސަލާމަތް ކުރަން އުޅުނު މީހުންނާއި ހަވާލާދީ މީޑިއާތައް ބުނެފައިވަނީ އެ ކުއްޖާ މަރާލަން މަސައްކަތް ކުރި ބަޔަކު އެކަން ކޮށްފައި އެވަނީ އެކުއްޖާ ފެނުމުގެ ހަމަ ކުޑައިރުކޮޅެއް ކުރިން ކަމަށާއި އެމީހުންނަށް ނުފެނި އިރުކޮޅެއް ވި ނަމަވެސް ކުއްޖާ ސަލާމަތް ވާނެ ކަމަށް ނުބެލޭ ކަމަށެވެ.ކުއްޖާގެ ހަށިގަނޑުގެ އެއްބައި ވަޅުލާފައިވާތީ އެކަމާއި ގުޅިގެން އެމީހުން ބުނީ ކުއްޖާ މަރާލުމަށް މަސައްކަތް ކުރި މީހުން މީހަކަށް ފެނިދާނެތީ އެއްބައި ވަޅުލާފައި އަވަހަށް ދިޔައީ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހޮސްޕިޓަލްގެ އައިސީޔޫގައި އެކުއްޖާއަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ. ކުއްޖާގެ ޙާލު ދަނީ ރަނގަޅުވަމުން ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!