ޚަބަރު

އެމްޑީޕީއަށް ޓަކައި ފައްޔާޒް އިހަށް ބޭރުގައި މަޑުކޮށްލާ: ނަޝީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމްޑީޕީއަށް ޓަކައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް އިހަށް ބޭރުގައި މަޑުކޮށްދިނުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިއްޖެއެވެ.

Ads by Hajj Corporation

ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ފޮނުވި މެސެޖެއްގައެވެ.

އެގޮތުން ނަޝީދު ވަނީ އެމްޑީޕީއަށް ޓަކައި ފައްޔާޒު ދުވަސްކޮޅަކަށް ބޭރުގައި މަޑުކޮށްލުމަށް އެދިފައެވެ.

"އަޅުގަނޑުމެންގެ ކަންކަން ނިންމަން ރަނގަޅު ވާނީ ޕާޓީގެ ތެރެއިން، ފައްޔާޒް ވެސް ޕާޓީއަކަށް ޓަކައި ދުވަސްކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ، އަޅުގަނޑު ވެސް މި ދަނީ ފަހަތަަށް ޖެހެންވާއިރު އެ ކަން ކުރަމުން،" ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވައި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް ގެ އިތުބާރު ނެތް ކަމުގައި މައްސަލަ ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް އެމްޑީޕީގެ 30 މެންބަރުންގެ ސޮއި ލިބިފައިވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަދި 35 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް، އެ އަދަދަށް ސޮއި ހަމަވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށާއިި އެމްޑީޕީގެ ގައުމީ މަޖިލީހަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

 

  1. ނިންނި

    މިގައުމަށް ޓަކައި ނަޝީދު އިގިރޭސި ވިލާތުގައި ނުވަތަ އިންޑިޔާގަ މަޑުކުރައްވާ