ޚަބަރު ސަރުކާރު

ބިދޭސީންނާ ގުޅޭ ފީތައް ބޮޑު ކުރުމުގެ ވިސްނުމެއް ނެތް: އިހުސާން

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ ފަރާތްތަކާއި އެކު ކުރިއަށް ދިޔަ ބައްދަލުކުރުމުގެ ތެރެއިން

ރާއްޖެއަށް ގެންނަ ބީދޭސީންނާ ގުޅޭ ކޯޓާ ފީތަކުގެ އިތުރުން އެހެނިހެން ފީތައް ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މިނިސްޓަރު އެހެން ވިދާޅުވީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާ "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ ފަރާތްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

"ކޯޓާ ފީ، ވާކް ވިޒާ ފީ ހިމެނޭހެން މިހާރު މި ނެގޭ ފީތައް އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް" އިހުސާން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މިިނިސްޓަރު ވިދާޅުވީ ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް ސަރުކާރުން އެންގުމުން ބައެއް ފަރާތްތަކަށް ދަތިތައް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އިހުސާން ވަނީ ވުޒާރާއިން އާންމުކޮށްފައިވާ ލިސްޓުގައި ބައެއް ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު މިލިޔަނުން މައްޗަށް އަރާކަން ފާހަގަކޮށްފަ އެވެ.

އަދި ބައެއް ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފީ ދައްކަން ޖެހޭކަން ފާހަގަކޮށް ވިދާޅުވީ އެފަދަ ފަރާތްތަކުން އެއްބަސްވާނަމަ 12 މަސް ދުވަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ގާނޫނާއި ގަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އަމަލުކުރުމަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި އިހުސާން ދެކިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އަމަލުކުރުމަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބިދޭސީންނާ ގުޅޭ ބައެއް ފީތައް، މަހުން މަހަށް ދެއްކުމުގެ ބަދަލުގައި ގިނަ މަސްތަކަށްވާ ފީ އެއްކޮށްލައިގެން ބަލްކްކޮށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް އެކްސްޕެޓް ސިސްޓަމުން ބަލްކްކޮށް ފީ މިހާރު ދެއްކޭނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

ބިދޭސީންގެ ފީތައް ބޮޑުނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު ބިދޭސީންގެ ކޯޓާ ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ވަޒީފާގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަޙެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުން ފާސްކުރި އެ އިސްލާހުގައިވާ ގޮތުންނަމަ ރާއްޖެ ގެންނަ ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތައް 50،000ރ އިން ޖޫރިމަނާކުރާނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!