ކޮވިޑް-19 އިންޑިއާ: ކަރަންޓީނުގައި ވެސް ރޭޕް، ހެލްތު އޮފިޝަލުންގެ ފަރާތުން ވެސް ރައްކާތެރިކަމެއް ނެތް!

އިންޑިއާ: ދިވެހިން އާންމުކޮށް ގޮސް އުޅޭ ކެރެލާގެ ތުރިވަނަންތަޕޫރުގައި ހެލްތު އޮފިޝަލަކު ، އޭނާގެ ގެއަށް ކަރަންޓީނުގައި ހުރި އަންހެނަކު ގެންގޮސް ރޭޕް ކޮށްލައިފިއެވެ.
އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި މި ޙާދިޘާގައި ސަރުކާރުގެ ވަޒީފާއެއްގައި މަސައްކަތް ކުރާ ފިރިހެނަކު ރޭޕް ކޮށްލާފައިވަނީ 44ގެ އަންހެނެކެވެ.
މީޑިއާތައް ބުނާ ގޮތުގައި މި ޙާދިޘާ ހިނގާފައިވަނީ ހެލްތު އޮފިޝަލްގެ ގޭގައެވެ. ކަރަންޓީނުގައި ހުރި އަންހެންމީހާ ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ، ކޮވިޑް19 ގެ ނެގެޓިވް ނަތީޖާ ސެޓްފިކެޓް ބަލާ އޮފިޝަލްގެ ގެއަށް ދިޔުމަށް އޭނާ ވަނީ ދަޢުވަތު ދީފައެވެ. އަދި އެގެއަށް އޭނާ ދިޔުމުން ރޭޕް ކޮށްފައިވަނީ ބަދެ ބާއްވާކަމަށް ޚަބަރުތައް ބުނެއެވެ.
ފުލުހުންނާއި ހަވާލާދީ މީޑިއާ ބުނެފައިވަނީ އަންހެން މީހާ މި މައްސަލަ ރިޕޯޓް ކުރުމާއެކު ، ފުލުހުން ވަނީ އެ ޢަމަލު ހިންގި ހެލްތު އޮފިޝަލް ހައްޔަރުކޮށްފައެވެ.
މިއީ ކޮވިޑް19 ފެތުރޭ މި ދުވަސްވަރުގައި ، އިންޑިއާގެ ޞިއްޙީ ދާއިރާގައި ހިނގިި ދެވަނަ ރޭޕް ކޭހެވެ. މީގެ ކުރިން ހޮސްޕިޓަލަށް ގެންދިޔުމުގެ މަގުމަތީގައި އެމްބިޔުލެންސް ޑްރައިވަރެއް ވަނީ ބަލިމީހާ ރޭޕް ކޮށްފައެވެ.
ކޮވިޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާ އަކީ ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް ޖެހުނު ގައުމެވެ.