އުރީދޫ ނޭޝަންގެ ގޭމިން އެކްސެސަރީސް ޕާޓްނަރަކަށް އެސްބީއެންޓީ
އުރީދޫ ނޭޝަންއިން ގޭމިން އެކްސެސަރީސް ޕާޓްނަރެއްގެ ގޮތުގައި އެސްބީއެންޓީ އާއެކު ޕާޓްނަޝިޕެއް ހަދައިފި އެވެ.
އެސްބީއެންޓީއަކީ ގޭމަރުންނާއި ޓެކްނޮލޮޖީ އާ ގުޅުންހުރި ކަންކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ކަސްޓަމް ގޭމިން ކޮމްޕިއުޓަރާއި ޕްރިމިއަމް ގޭމިން ގޮނޑި އާއި ޒަމާނީ ޓައިޓަސް ސްޓޭންޑިން ޑެސްކްތަކާ އަދި ހައި-ޕާފޯމެންސް ވޯކްސްޓޭޝަންތައް ފޯރުކޮށްދޭ ވިޔަފާރިއެކެވެ.
އެސްބީއެންޓީގެ އަމާޒަކީ ވިޔަފާރިކުރާ ފަރާތްތަކަށް އެންމެފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮ އަގުގައި ލިބޭނެ މަގުފަހިކޮށްދިނުމެވެ. އެގޮތުން ޕީކް ޕާފޯމެންސް ހޯދަން ބޭނުންވާ ގޭމަރެއް ކަމަށް ވިޔަސް ނުވަތަ ވަރުގަދަ ވޯކްސްޓޭޝަނެއް ބޭނުންވާ ޕްރޮފެޝަނަލް ފަރާތެއް ކަމުގައި ވިނަމަވެސް ކޮލިޓީއަށް ބަދަލެއް އަޔަނުދީ ހާއްސަ އަގުގައި ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ގޭމިން ދުނިޔެ އާއި ޕްރޮފެޝަނަލް މާހައުލުތަކުގައި ޕީކް ޕާފޯމެންސްގެ މުހިންމުކަން ވަޒަންކުރެވޭކަން ފާހަގަކޮށް އެސްބީއެންޓީން ބުނި ގޮތުގައި ގްރެފިކްސް ކާޑުން ފެށިގެން ޕްރޮސެސަރާ ހަަމައަށް، އިމަސިވް ގޭމިން އެޑްވެންޗާއަކަށް ނުވަތަ އުފެއްދުންތެރި ވޯކް ސެޝަނަކަށް ބޭނުންވާ ބާރާއި ސްޕީޑް ފޯރުކޮށްދޭ ކޮމްޕޯނަންޓްތައް ހޮވައި އިންޓަގްރޭޓް ކުރަނީ ފަރުވާތެރިކަމާ އެކުގައި ކަމުގަ އެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އުފެއްދުންތައް އަގުހެޔޮކަމާ އެކު ކޮންމެ ގޭމަރަކަށާއި ޕްރޮފެޝަނަލްއަކަށް ލިބޭނެ މަގުފަހިވެފައި އޮންނަން ޖެހޭނެ ކަމަށް އެސްބީއެންޓީން ދެކެ އެވެ.
ގޭމިން އަދި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން ހުންނަ ލޯކަލް އިންފްލުއެންސަރުންނަށާއި ޔޫޓިއުބަރުންނަށް ސަޕޯޓްކުރާކަން ފާހަގަކޮށް، 2018 ވަނަ އަހަރު އުފެދުނު އެސްބީއެންޓީން ބުނީ އެ ކުންފުނީގެ އަމާޒަކީ ހިޔާލުތަކާއި ތަޖުރިބާތަކާއި އާ އުފެއްދުންތަކުން ފުރިހަމަވާ ދިރުމާ އެކު ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ މުޖުތަމައެެއް ބިނާ ކުރުން ކަމަށެވެ.
ސީޒަންޑް ގޭމަރެއް ނުވަތަ ވަރުގަދަ ވޯކްސްޓޭޝަނެއް ބޭނުންވާ ފަރާތަކަށް ވިނަމަވެސް އެސްބީއެންޓީއަކީ ކޮލިޓީ، ޕާފޯމެންސް އަދި އެފޯޑަބިލިޓީއަށް އިތުބާރު ހިފޭނެ ބައިވެރިއެކެވެ.