ޚަބަރު އިޖުތިމާޢީ

ބޮކްސާ ތެރެއަށް ލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 30 ދުވަސް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި އަހްސަން: ފޮޓޯ:ފުލުހުން

ބޮކްސާ ތެރެއަށް މަސްތުވާތަކެތި ލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު 30 ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

Ads by Sosun Fihaara

މި މަހުގެ 16 ވަނަ ދުވަހު މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކުރީ ސ. ހިތަދޫ، ސަމަންދަރު، އަހްމަދު އަހްސަން (35އ) އެވެ.

އޭނާ އެންމެ ފުރަތަމަ ބަންދުކުރީ 5 ދުވަހަށެވެ.

ކްރިމިނަލް ކޯޓުން އާއްމުކޮށްފައިވާ ކޯޓު އަމުރުގައި ބުނީ، މަސްތުވާތަކެތި ވިއްކާ، ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އަހުސަނު، ބޮކްސާ ތެރެއަށް ލައިގެން 500 ގްރާމަށްވުރެ ގިނަ އެކި ބާވަތުގެ މަސްތުވާތަކެތި ގެނެސްފައިވާކަން ފުލުހުންނާއި ކަސްޓަމުން ދީފައިވާ ބަޔާނުން އެނގޭ ކަމަށެވެ.

ކަސްޓަމުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އަހުސަންގެ އަތުން މަސްތުވާތަކެތީގެ ތެރޭގައި ތިން ބާވަތެއް ފެނިފައިވެ އެވެ. އެއީ 3058 ގުރާމުގެ ހެރޮއިންނާއި، 215 ގްރާމުގެ ސިންތެޓިކް ކެތިނޯންގެ އިތުރުން 315 ގްރާމުގެ މެތަމެފެޓިން އެވެ.

Ads by Ooredoo