ޚަބަރު

ކޮވިޑް19:ރަނގަޅުވި މީހަކު ދެވަނަ ފަހަރަށް ފައްސި ވެފައެއްނުވޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ބަލިން ރަނގަޅުވި މީހަކަށް މިހާތަނަށް ދެވަނަ ފަހަރަށް އެ ބަލިޖެހިފައި ނުވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީން) ވިދާޅުވެއްޖެއެވެ.

Ads by MWSC

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން  ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ކްލިނިކަލް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.މޫސާ މުރާދު ވިދާޅުވީ ރާއްޖެއިން މިހާތަނަށް ދެވަނަ ފަހަރަށް ކޮވިޑަށް މީހަކު ފައްސިވެފައި ނުވާ ކަމަށެވެ. އަދި ކޮވިޑަށް ދެވަަނަ ފަހަރަށް ފައްސިވެފައި ވަނީ ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް މަދު ފަހަރެއްގައި ކަމަށް ޑރ.މޫސާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ.މޫސާ އިތުރަށް ވިދާޅުވީ. ކޮވިޑާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި މިހާތަނަށް ދެވަނަ ފަހަރަށް ކޮވިޑް-19 ޖެހިފައިވަނީ 5 މީހުން ކަމަށެވެ. އަދި ބަލިން ރަނގަޅުވާ ފުރަތަމަ 3 މަހު ވައިރަހުގެ އަސަރުކުރުން ވަރަށް ދުރުކަމަށާއި ކޮވިޑް-19 ޖެހޭ މީހުންގެ ގައިގައި އެންޓިބޮޑީ ދިގު މުއްދަތަކަށް ހުންނަކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"މަދުވެގެން ތިންމަސްވަންދެއް އެވަރެޖްކޮށް އެންޓިބޮޑީ ހަށިގަނޑުގައި ހުރޭ. ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުޞަތު ވަރަށް ކުޑަ."

އިއްޔެ ވެސް ރާއްޖެއިން އިތުރު 93 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8834 އަށް އަރާފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!