ވިޔަފާރި

ކުކުޅު ފިހާރަ: މި ހަފްތާގެ ފްރޯޒަން ޕެކް ރިފާއު އަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެތައް ބައެއްގެ މަގުބޫލްކަން ލިބިފައިވާ، ކުކުޅު ފިހާރަ އިން ކޮންމެ ހަފުތާއަކު "ފްރޯޒަން ޕެކް" އެއް ލިބޭ ޕްރޮމޯޝަންގެ 3 ވަނަ ހަފްތާގެ ނަސީބުވެރިއަކަށް ރިފާއު ހޮވިއްޖެ އެވެ.

Ads by Sosun Fihaara

މިދިޔަ މަހުގެ 20 ފެށިގެން އަންނަ އޮކްޓޫބަރު 20 ގެ ނިޔަލަށް ފޭސްބުކްގައި އެ ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކުކުޅު ފިހާރައިގެ ޕޭޖްގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޖުމްލަ ދެ މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަން ހަފްތާގެ ނަސީބުވެރިޔާ އިއުލާން ކުރާނީ ކޮންމެ އަންގާރަ ދުވަހަކު ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައަކީ ގިނަ އަދަދެއްގެ ފިނި ކުރި ސާމާނު އެންމެ އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފިހާރަ އެވެ. ކުކުޅު ފިހާރައިން ހޯލްސޭލް ކުރާތާ މިހާރު ހަ އަހަރުވެއްޖެއެވެ. އެ ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު ހިލޭ ކޮށައި ދިނުމާއި ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެެވެ.

އަދި ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް ވަނީ ތައާރަފް ކޮށްފަ އެވެ.

ކުކުޅު ފިހާރައިން މިހާރު ވެސް ކުރިއަށް ގެންދާ އިތުރު ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގައި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ވެސް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ.

"ކުކުޅު ފިހާރަ"އިގެ ހަ ތަނެއް ހުރެ އެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ. 4 ވަނަ ފިހާރަ އއ. ތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ގައެވެ. މީގެއިތުރުން "ކުކުޅު ފިހާރަ"އިގެ ހަ ވަނަ ފިހާރަ ހުންނާނީ ރ. މަޑުއްވަރީ ގައެވެ.

ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!