ޚަބަރު

ހޯމް މިނިސްޓަރު ވިދާޅުވީ ވޭޕަކީ މަސްތުގެ މަގަށް އަނބުރާލާ އެއްޗެއް ކަމަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ވޭޕަކީ މަސްތުގެ މަގަށް އަނބުރާލާ އެއްޗެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

Ads by STELCO

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މިއަހަރުގެ 15 ނޮވެމްބަރުން ފެށިގެން މަނާ ކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިއަދު ހަވީރު އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އިހުސާން 'އެކްސް' ގައި ވަނީ ރައީސްގެ ނިންމެވުމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

އެގޮތުން ރައީސްގެ ނިންމެވުމަކީ މުޅި ގައުމުގެ ތާ އަބަދަށް ޝުކުރުވެރިވާނެ ގައުމީ ކަމެއް ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"ދިވެހި ދަރިން މަސްތުގެ މަގަށް ފަސޭހަކަމާއެކު އަނބުރާލާ ކަމެއްގެ ގޮތުގައި އޮތް [ކަމެއް] "ވޭޕް ކުރުން" އެއީ" އިހުސާން ވިދާޅުވި އެވެ.

Ads by HDC
  1. އަމާން

    ސިނގިރޭޓަކީ އަދި މާބޮޑަށް މަސްތުގެ މަގަށް އަނބުރާލާއެއްޗެއް..