ހުޅުމާލޭގައި ޑައިވް ސެންޓަރެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ

ހުޅުމާލެ ޑައިވް ސެންޓަރެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
އެޗްޑީސީން ބުނީ އެކަމަށް އެދި ޕްރޮޕޯސަލް އެއް ފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ހުށަހަޅައިފިނަމަ އެ މަސައްކަތް ހަވާލުކުރާނީ އެޗްޑީސީގެ ތަސައްވަރާ އެންމެ ބޮޑަށް ގުޅޭ ގޮތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
އަދި އެ މަސައްކަތް ހަވާލުކުރުމުގައި ކުންފުނީގެ ތަޖުރިބާއާއި ފައިނޭންސްގެ ކަންކަމަށް ވެސް ބަލާނެ ކަމަށެވެ.
ހަމަ އެހެންމެ އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކާ އޮތް ބަޔަކަށް އެކަމަށް ކުރިމަތި ނުލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ހުޅުމާލޭގައި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދިވެހީންގެ ވެސް މިހާރު ގޮސް އުޅޭއިރު ޑައިވް ސެންޓަރަކާއެކު ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެވޭނެ އެވެ.
ހުޅުމާލޭގައި މިހާރުވެސް ވޯޓާ ސްޕޯޓްސް ސެންޓަރުތައް ހުރެެ އެވެ.