ބޮލީވުޑް މުނިފޫހިފިލުވުން

ރިއާ އޮންނަ ޖަލު ގޮޅީގައި އެނދެއް، ފަންކާ އެއް ނުހުރޭ؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑުގެ ފޭނުންގެ މެދުގައި މި ދުވަސްކޮޅު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ސުޝާންތުގެ މަރާ ގުޅޭ ޑްރަގް މައްސަލައެއްގައި ސުޝާންތު ސިންގް ރާޖްޕޫތުގެ ލޯބިވެރިޔާ ރިއާ ޗަކްރޮބޮތީ ހައްޔަރުކުރި ޚަބަރެވެ. ޑްރަގް މައްސަލައިގައި ރިއާ ހައްޔަރުކޮށްފައި މިވަނީ އޭނާގެ މައްޗަށް ސުޝާންތުގެ މަރު ގެ ތުހުމަތު ވެސް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

Ads by MWSC

ރިއާ ބަންދުކޮށް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކޯޓުން ދެކޮޅު ހަދާފައި ވާއިރު ރިއާ ޖަލުގައި އޮންނަނީ ވަރަށް ހާލުގައި ކަމަށް އޭނާގެ ވަކީލު ވަނީ ދާދި ފަހުން ބުނެފައެވެ.

އެގޮތުން ރިޕޯޓުތައް ބުނާ ގޮތުގައި ރިއާ އޮންނަ ގޮޅީގައި، އެނދެއް ނުހުންނަ އިރު ފަންކާއެއް ވެސް ނުހުރެއެވެ. އަދި ރިއާ ނިދަން ދީފައި އޮންނަނީ ވެސް މެޓެކެވެ.

ރިއާގެ ވަކީލު ސަތީޝް މަނީހިޑޭ ބުނި ގޮތުގައި އަންނަ ހަފްތާގައި ބޮމްބޭ ހައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ތައްޔާރީތައް ވަކީލުންގެ ޓީމުން ދަނީ ވަމުންނެވެ.

ރިއާގެ އިތުރުން މި މައްސަލައިގައި ރިއާގެ ކޮއްކޮއާއި އިތުރު 5 މީހެއް ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ރިއާ ބަންދު ކޮށްގެން މައްސަލަ ބެލުމަށް ނިންމާފައިވަނީ، އޭނާ ދޫކޮށްލާފައި ބަހައްޓައިފިނަމަ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށް ބުނެއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!