ބޮލީވުޑް ދުނިޔެ

ބޮލީވުޑްގެ ތަރި އަފްތާބް ޝިވަސްދާނީ ކޮވިޑް-19 އަށް ފައްސިވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބޮލީވުޑުގެ ކުރީގެ ފިލްމީތަރި އަފްތާބް ޝިވަސްދާނީ ކޮވިޑު-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara
Ads by Hajj Corporation

އިއްޔެގެ ވަގުތެއްގައި އަފްތާބު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ހުރިހާ ފޭނުންގެ ވެސް ހާލު ރަނގަޅު ކަމަށް ހީކުރާ ކަމަށާއި، ވަރަށް ފަހުން އޭނަގެ ފަރާތުން ކޮވިޑު-19 ގެ ކުދި އަލާމާތްތަކެއް ފެންނަން ފެށި ކަމަށެވެ. އެހެންކަމުން އޭނާ ކޮވިޑު-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށާއި، ޓެސްޓުގެ ނަތީޖާއިން އެނގިފައިވާ ގޮތުން އޭނާ ކޮވިޑު-19 އަށް ފައްސި ވެފައިވާ ކަމަށެވެ.

ކޮވިޑު-19 އަށް ފައްސި ވެފައިވާ ހިސާބުން ސިއްހީ މާހިރުންނާއި، ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއި އެއްގޮތަށް މިހާރު އަފްތާބު ހުރީ ހޯމް ކަރަންޓީނުގައި ކަމަށް ވެސް އޭނާގެ ޓުވީޓުގައި ފާހަކަ ކޮށްފައި ވެއެވެ.

އޭގެއިތުރުން، އެންމެ ފަހުން އޭނައާއި ބައްދަލު ކޮށްފައިވާ ހުރިހާ އެންމެންވެސް ކޮވިޑު-19 އަށް ޓެސްޓު ކުރުމަށާއި، ހުރިހާ އެންމެން ވެސް ގިނަގިނައިން އަތް ދޮވެ ބޭރުގައި އުޅޭނަމަ މާސްކު އަޅައިގެން އުޅުމަށް އަފްތާބު ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މި ޚަބަރު ޓުވިޓާގެ އިތުރުން އިންސްޓަގްރާމް ގައި ވެސް އަފްތާބު ވަނީ ޕޯސްޓު ކޮށްފައެވެ.

ފަހަކަށް އައިސް އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުން ވެސް ދަނީ ކޮވިޑު-19 އަށް ފައްސި ވަމުންނެވެ. ހަމައެހެންމެ އިންޑިއާގައި ރިކޯޑު އަދަދަކަށް މީހުން ފައްސިވެފައި ވާއިރު އެގައުމުގެ ސިއްހީ މާހިރުން އަންނަނީ ކޮވިޑް19ގެ ކަންކަމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!