މައިމޫނާ ގެ މަންމާފުޅު ނިޔާވިކަމަށް ބުނެ ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް
ޕަބްލިކް ހެލްތުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރުގެ މަންމަ ނިޔާވިކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ، މުޙައްމަދު ނަޝީދު އިތުރުފުޅު ހައްދަވައިފިއެވެ.
މައިމޫނާ ގެ މަންމަ ނިޔާވިކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓްވީޓް ކުރެއްވި ނަމަވެސް “ސީއެންއެމް” މައުލޫމާތު ދެއްވަމުން މައިމޫނާ ވަނީ އޭނާ މަންމަ ނިޔާނުވާ ކަން ކަށަވަރު ކޮށްދީ، ނަޝީދު ދެއްކެވި ވާހަކަ ދޮގުކޮށްފައެވެ.
“މިފަދަ ނާޒުކު ދަތި އުނދަގޫ ވަގުތެއްގައި މައިމޫނާ އަށާއި އާއިލާއަށް ލިބިވަޑައިގަތް ހިތާމައަށް އިހުލާސްތެރި ތައުޒިޔާ ދަންނަވާ މަރްހޫމާއަށް ސުވަރުގެ މިންވަރު ކުރައްވާށި،"
ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވެއެވެ.
ރައީސް ނަޝީދު ކުރައްވާފައިވާ މި ޓުވީޓު މިހާރު ވަނީ ޑިލީޓު ކޮށްލާފައެވެ.
ކޮންމެސް ގޮތަކުން އެމަނިކުފާނަށް އެޚަބަރު ލިބުނީމާ އެކަމާ ދެރަފުޅުވެގެން ތަޢުޒިޔާ ފޮނުއްވެވި ކަމަށްވާނީ. ދޮގެއް ހަދާކަށް ކޮންމެހެން އެކަހަލަ ވާހަކަޔެއް ވިދާޅެއް ނުވާނެ. ދެން އެނޫނަސް މީހަކު މަރުވިއްޔޭ ކިޔާފަ ދޮގެއް ހެދުމުން އޮތީ ކޮން ފައިދާއެއް. ރައީސް ނަޝިދު އޭ ބުނެފިއްޔާ މިމީހުން މިތިބެނީ ދޮޅު ރޯނާ ވެފަ. އެވެސް އިންސާނެކޭ. މޮޔަވެދާނެއެއްނު
ފުޅިބޯ ކުދިން ނަށް އޮޅޭނެ….
ޢެހެންތާވާނީ . އަބަދު ބީތާވެފައި ހުންނާތީވާގޮތް