ޚަބަރު

އެމްޑީޕީ ބައިބައެއް ނުވާނެ، ނުވެސް ކުރެވޭނެ: ޙަަސަން ލަތީފު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ބައިބައި ނުވާނެ ކަމަށާއި ބައިބައި ނުވެސް ކުރެވޭނެ ކަމަަަށް، އެމްޑީޕީގެ ޗެއާޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

ްެއެމްޑީޕީ ބައިބައި ވެގެން ނުދާނެ ކަމަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ޚަބަރެއް ޓްވީޓު ކުރައްވަމުން ޙަސަން ލަތީފު ވެސް ވިދާޅުވީ އެޕާޓީ ބައިބައި ނުވާނެ ކަމަށާއި އެމްޑީޕީގެ މެންބަރުން އެހެން ވިޔަކަވެސް ނުދޭނެ ކަމަަށެވެ.

ޙަސަން ލަތީފު ވިދާޅުވީ އެމްޑީޕީ ބައިބައި ކުރެވިދާނެ ކަމަށް ހީކޮށް މަސައްކަތް ކުރާމީހުން އެކުރަނީ ވަރަށް ބޭކާރު މަސައްކަތެއް ކަމަަށެވެ.

 

ޙަސަން ލަތީފު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ގެ އިސް ފަރާތާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އެޕާޓީގެ އިސްވެރިޔަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކަމަށް ޝުއައިބު އަލީ ވިދާޅުވުމުން، ހަސަން ލަތީފު ވަނީ އެކަމާއި ދެކޮޅު ހައްދަވާ މޭރުމަކުން ވާހަކަ ދައްކަވާ، އެއީ ރައީސް ނަޝީދު ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ މެންބަރުން ހިމެނިވަޑައިގަންނަވާ ގްރޫޕެއްގައި އިއްޔެ ދެއްވި ކުރު މެސެޖެއްގައި ރައީސް ނަޝީދު ވަނީ އަބަދުވެސް ހިޔާލު ތަފާތު ވާނެ ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑު ނުވުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

  1. އަޙުމަދު

    އެމްޑިޕީ ބައިބަިއިވާކަށް ނޭދެން. އެކަމަކު ތި ޕާޓީގެ އެހެރަ ބޮޑު ޓެރެރިސްޓް ބޭރުކުރަން ބޭނުން.

  2. ރަންނަމާރި 19

    ތިއޮތީ މިހާރުދެން ޕާޓީއެއް ބައިބައިވާން ޖެހޭ ހުރިހާ ކަމެއް ވެނިމިފަ. ތިމުނާފިގުންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާނދޭވެ. އާމީން