ދުނިޔެ

ގުގުރި ދަމާ މީހުން ކޮވިޑް-19ގައި މަރުވުމުގެ ފުރުސަތު ތިން ގުނަ ބޮޑު: ދިރާސާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގުގުރި ދަމާ މީހުން ކޮވިޑް-19ގައި މަރުވުމުގެ ފުރުސަތު ތިންގުނަ ބޮޑު ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

Ads by WAMCO

އިނގިރޭސިވިލާތުގެ ޔުނިވާރސިޓީއެއް ކަމަށްވާ، ޔުނިވާރސިޓީ އޮފް ވާވިކްގެ ސައިންސިސްޓުންތަކެއް މި ފަހަކުން ހެދި ދިރާސާއަކުން ދައްކާގޮތުގައި ނިދީގައި ނޭވާ ހާސްވެ ގުގުރި ދެމޭކަމުގައި ވަނީ ނަމަ ކަރުގައި ވައި ދައުރުކުރުމަށް ހުރަސްއެޅި ކޮވިޑް-19ގެ ބަލީގައި މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ގުގުރި ދަމާ މީހުންގެ ތެރެއިން ވެސް މިކަމުގެ ނުރައްކާ އެންމެ ބޮޑީ، ހަކުރުބައްޔާއި ލޭމައްޗަށް ދިއުުން އަދި "އޮބޭސިޓި" ފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ކަމަށް މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.

އިތުރު ދިރާސާއަކުން ދައްކާގޮތުގައި ހަކުރުބަލި ތަހައްމަލު ކުރަމުންދާ 1300 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާތާ 7 ދުވަސްތެރޭގައި ކޮވިޑް-19ގެ ބަލީގައި މަރުވުމުގެ ފުރުސަތު 2.8 ގުނަ އިތުރެވެ.

މި ދިރާސާ ކޮށްފައިވާ އިނގިރޭސި ވިލާތުގައި މިކަމުގެ ސަބަބުން 1.5 މިލިއަން މީހުންނަށް ބަލިޖެހުމުގެ ނުރައްކާ އޮތް ކަމުގައި މި ދިރާސާއިން ވަނީ ދައްކާފައެވެ. އަދި މީގެ ތެރެއިން 85 އިންސައްތަ މީހުން މިހާރުވެސް ވަނީ ބައްޔަށް ފައްސިވެފައި ކަމަށާއި އަދި 22 މިލިއަން މީހުން މިބައްޔަށް ފައްސިވެފައިވާކަމަށް ޝައްކު ކުރެވޭ ކަމަށްވެސް މި ދިރާސާގައި ވަނީ ހާމަ ވެފައެވެ.

ނިދާއިރު ގުގުރި ދެމުމަކީ ދިވެހިންގެ ތެރޭގައިވެސް ގިނަ ބަޔަކަށް އެކަން ތަހައްމަލު ކުރަން ޖެހިފައިވާ ކަމެކެވެ.

Ads by HDC
  1. މަރުނުވާނެމީހަކު އެބަހުރިތަ؟

    ކިހާ ބޮޑުކަމެއް ތިއީ. ވަގުތު ޖެހުނީމާ ބޮޑުފޮށީގެ ތެރޭގައި އޮތަސް މަރުވާނެ.