މާމެންދޫގައި ބަލާނެ މީހެއް ނެތި މަގުމަތިވެފައިވާ މީހަކު ބަަލައިދޭނެ ފަރާތެއް ހޯދަނީ!

ގއ.މާމެންދޫގައި މަގުމަތިވެފައިވާ މީހަކު ބަލައިދޭނެ ފަރާތެއް ހޯދަން އެ ރަށުގެ ކައުންސިލް އިދާރާއިން އިއުލާން ކޮށްފިއެވެ.
އެމީހާއަކީ އުމުރުން 80 އަހަރުގެ ގއ. މާމެންދޫ ދެތަނޑިމާގޭ އަލީފުތުކަމަށް މާމެންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވެއެވެ. އަދި ހަމަ އެހެންމެ އެމީހާއަކީ އަޅާލާނޭ ފަރާތެއްނެތި މަގުމަތިވެފައިވާ މީހެެއް ކަމަށްވެސް މި އިއުލާނުގައި ބުނެފައިވެއެވެ.
މާމެންދޫ ކައުންސިލްގެ އިއުލާންގައި ބުނެފައި ވަނީ އަލިފުތު ބަލައިދިނުމަށް އެދޭ ފަަރާތަކުން 15 ސެޕްޓެމްބަރު 2020 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މާމެންދޫ ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށް ހުޅުވާލާ ކަމަށެވެ.
ދިވެހިރާއްޖެއަކީ ނިސްބަތުން ފަގީރުން މަދު ގައުމެއް ނަމަވެސް އަޅާލާނެ މީހަކު ނެތި ނިކަމެތިވާ މީހުންގެ މައްސަލަ އެކި ފަހަރު މަތީން ދިމާވެއެވެ. އަދި އެހެން ދިމާވާ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ވެސް ގެނެސްފައި ވެއެވެ.