މަގުމަތިވެފައިވާ މާމެންދޫ އަލިފުތާ ބަލައިދޭނެ މީހަކު ނުވި!

ގއ.މާމެންދޫގައި މަގުމަތިވެފައިވާ އެރަށު ދެތަނޑިމާގޭ އަލިފުތު ބަލައިދޭނެ މީހަކު ނުވިއެވެ.
"ދެން" އަށް މައުލޫމާތު ދެމުން މާމެންދޫ ރައްޔިތަކު ބުނީ އުމުރުން 80 އަހަރުގެ އަލިފުތު ބަލައިދިނުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް މީހަކު މަޢުލޫމާތު ސާފު ކުރުމަށް ޙާޟިރުވެފައި ނުވާ ކަމަށެވެ. ނަމަވެސް އެ އަތޮޅު އެހެން ރަށަކުން މީހަކު ކައުންސިލަށް ގުޅާ، އެރަށަށް ގެންގޮސްފިނަމަ އަލިފުތު ބަލައިދޭނެ ކަމަށް ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަލިފުތު ބަލައިދިނުމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖައްސާފައި ވަނީ މިއަދު 11:00 ގައި މާމެންދޫ ކައުންސިލް އިދާރާގައެވެ.
އަޅާލާނޭ ފަރާތެއް ނެތި މަގުމަތި ވެފައިވާ އަލިފުތު މިހާރު ދިރިއުޅެމުން ދަނީ ކޮވިޑާއި ގުޅިގެން ފަރުވާ ދިނުމަށް ކަނޑައަޅާފައި ހުންނަ މަރުކަޒުގައެވެ. މިވަގުތު އެ މަރުކަޒުގައި ހުރީ އަލިފުތާ އެކަންޏެވެ. އަލިފުތާގެ އަނބިމީހާ މީގެ އަހަރުތަކެއް ކުރިން ނިޔާވެފައިވާއިރު އަލިފުތާގެ ދަރިއެއް ނުހުރެއެވެ. ނަމަވެސް އަލިފުތާގެ އެއްބަނޑު އެއްބަފާ ފިރިހެނަކާއި އަންހެނެއް ދުނިޔޭގައި އެބަތިއްބެވެ.

މިކަމާއި ގުޅިގެން މާމެންދޫ ކައުންސިލްގެ ރައީސަށް އެތައް ފަހަރަކު ގުޅުމުން ވެސް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި ކައުންސިލްގެ އަނެއް ދެ މެމްބަރުންނާ ވެސް ގުޅޭނެ ގޮތެއް ނުވިއެވެ.
ދިވެހިރާއްޖެއަކީ ނިސްބަތުން ފަގީރުން މަދު ގައުމެއް ނަމަވެސް އަޅާލާނެ މީހަކު ނެތި ނިކަމެތިވާ މީހުންގެ މައްސަލަ އެކި ފަހަރު މަތީން ދިމާވެއެވެ. އަދި އެހެން ދިމާވާ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ވެސް ގެނެސްފައި ވެއެވެ.
މިހާރުވެސް މަރުވެބެލަ ވާތަވެރިން ތިބޭނެ މުދަލާބައްދާން
ޙައްގު ތެދު
ތިހަމަ ރަނގަޅު ވާހަކައެއް