ބޮލީވުޑުގެ އެކްޓްރެސް ހިމާނީ ޝިވްޕުރީ ކޮވިޑު-19 އަށް ފައްސި ވެއްޖެއެވެ.
ހިމާނީގެ އިންސްޓަރގުރާމް އެކައުންޓުގައި އޭނާ ބުނެފައިވާ ގޮތުގައި، އޭނާ ކޮވިޑު-19 އަށް ފައްސިވެފައިވާ ކަމަށާއި، އެންމެ ފަހުން އޭނައާއި ބައްދަލު ވެފައިވާ އެންމެން ވެސް ޓެސްޓުކުރުމަށް އެދޭ ކަމަށެވެ.
ހިމާނީ ޝިވްޕުރީ އަކީ ކުރީގެ ފިލްމުތަކުން ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ މޮޅު އެކްޓްރެސް އެކެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި “ހަމް އާޕްކޭހޭ ކޯން”، “ދިލް ވާލޭ ދުލްހަނިޔާ ލޭޖައެނގޭ” އަދި ކަރަން ޖޯހަރު ޕްރޮޑިއުސްކުރި “ކުޗް ކުޗް ހޯތާހޭ” ފާހަގަ ކޮށްލެވެއެވެ.
ހިމާނީ ޝިވްޕުރީ އަކީ 1990 ގެ ގިނަ ފިލްމު ތަކަކުން ފެނި އެޒަމާނުގެ ގިނަ ބައެއްގެ ހިތް އަތުލައިފައި ވާ މޮޅު އެކްޓްރެސްއެކެވެ.
Ads by HDC