ވިޔަފާރި

ކުކުޅު ފިހާރައިގެ މިހަފްތާގެ ނަސީބުވެރިއަކަށް ޝަރާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ކުކުޅު ފިހާރައިގެ 4 ވަނަ ހަފްތާގެ ނަސީބުވެރިއަކަށް ޝަރާ ހޮވިއްޖެއެވެ. މިއީ ކޮންމެ ހަފްތާއަކުވެސް ކޮންމެ ވެސް އެއް ފަރާތަކަށްފްރޯޒަން ޕެކްލިބޭ ގޮތަށް ހަމަޖެހިފައިވާ ޕްރޮމޯޝަން އެކެވެ.

Ads by Sosun Fihaara

މިދިޔަ މަހު 20 އިން ފެށިގެން އޮކްޓޯބަރ މަހުގެ 20 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް ކުކުޅު ފިހާރައިގެ ޕޭޖާގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކްކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކޮށްލުމުން މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

ދެމަސްދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ހަފްތާ ނަސީބުވެރިއާ އިއުލާން ކުރުން އޮންނާނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހުއެވެ.

ކުކުޅު ފިހާރައަކީ ގިނައަދަދެއްގެ ފިނިކުރި ސާމާނު ހެޔޮ އަގެއްގައި ލިބޭ ފިހާރައެކެވެ. މި ފިހާރައިން ހޯލްސޭލް ކުރާތާ މިހާރު 6 އަހަރު ވެފައިވާއިރު ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު  ޑެލިވަރީ  ކޮށްދެއެވެ. އަދިކަރީ ކަޓްގެ ނަމުގައި ކުކުޅުގެ ބާވަތެއް އެ ފިހާރައިން ވަނީ ވަރަށް ފަހުން ތަޢާރަފު ކޮށްފައެވެ.

ކުކުޅު ފިހާރައިގެ ޖުމުލަ 6 ފިހާރައެއް މިހާރު ހުރެއެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. ކުކުޅުފިހާރަ 3 ހުންނަނީ ހެންވޭރު ކަލާފާނު ހިނގުމުގަ އެވެ. 4 ވަނަ ފިހާރަ އއ. ތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ގައެވެ. މީގެއިތުރުން "ކުކުޅުފިހާރަ"އިގެ ހަ ވަނަ ފިހާރަ ހުންނާނީ ރ. މަޑުއްވަރީ ގައެވެ.

ކުކުޅު ފިހާރައިން ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!