ސިއްޙަތު

ރޭގަނޑަށް ނިދަން އުނދަގޫ ވަނީތަ؟ މިއޮތީ ތިކަމަށް ރަނގަޅު ފަރުވާއެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮންމެ ރެޔަކު ރަނގަޅު ނިންޖެއް ލިބުމަކީ ކޮންމެކޮންމެ މީހަކަށް ލިބިފައިވާ ނަސީބެއް ނޫނެވެ. ރޭގަނޑު ރަނގަޅު ނިންޖެއް ނުލިބުމުން ވާ އުނދަގުލާއި ދެރައިގެ އިތުރުން އެއީ ސިއްހަތަށް ވެސް ވަރަށް ނުރައްކާތެރި، ކަމެކެެވެ. ރަނގަޅު ނިންޖެއް ނުލިބޭނަމަ ތިބާއަށް ކަންކަމަށް "ކޮންސެންޓްރޭޓް" ކުރަން އުނދަގޫވެއެވެ. އޮފީހުގެ މަސައްކަތަށް ވެސް މާބޮޑު ސަމާލުކަމެއް ނުދެވިދާނެއެވެ. ދަރިވަރެއް ނަމަ ކުލާހުގައި ޓީޗަރު ކިޔަވައިދޭ އެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދެވިދާނެއެވެ.

Ads by MWSC

ރޭގަނޑަށް ނުނިދުމުން ނިދާ ބޭސް ކައި އުޅެން ހެއްޔެވެ؟ ކައިއުޅޭ ނަމަ ތިޔަ ކުރެވެނީ ވަރަށް މޮޔަ ކަމެކެވެ. ސަބަބަކީ ދޮންކޭލާއި ފޮނިތޮށި ސަޔަކީ ތިކަމަށް އޮތް މާ ރަނގަޅު ފަރުވާއަކަށް ވާތީއެވެ.  އެ ބޭނުން ކުރުމުން ތިބާއަށް ނިދޭ ގޮތް ވެސް ނޭނގޭނެތީއެވެ.

އެއަށްވުރެ މާ އުފާވެރި ޚަބަރެއް އެބައޮތެވެ. ތިބާއަށް ތިބާގެ އަމިއްލަ ގޭގައިވެސް މި ފަރުވާ ނުވަތަ މިސައި ތައްޔާރު ކޮށްލެވިދާނެއެވެ.

ނުނިދުމުގެ ފަރުވާއަކަށް ދޮންކެޔޮ

ދޮންކޭލަކީ އޭގައި އަމީނޯ އެސިޑާއި ޓްރިޕްޓޯފަން ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭ މޭވާއެކެވެ. މި މާއްދާތަކުގެ ސަބަބުން ތިބާއަށް ނިދަން ފަސޭހަކޮށްދީ ސިކުނޑި ހަމަހިމޭން ކޮށްދޭ ކަމަށް ސިއްހީ މާހިރުން ބުނެެއެވެ. އެހެންކަމުން ނިދުމުގެ ކުރިން ދޮންކެޔޮވަކެއް ކެއުމަކީ ނިދުމަށް ވަރަށް ފަސޭހަވެގެން ދާނެ ކަމެކެވެ. ދޮންކެޔޮ ކެއުން އެކަންޏެއް ނޫނެވެ. ދޮންކޭލަކީ ސަޔަށް އަޅައިގެން ވެސް ބޮވޭ އެއްޗެއްކަން އެނގޭ ހެއްޔެެވެ؟

ދޮންކޭލާއި ފޮނިތޮށި ސައި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ސަޔަކީ ނުނިދޭ މީހުން އެކަމުގެ ފަރުވާއަކަށް ބޭނުން ކުރަމުން އަންނަ ސަޔެކެވެ. ދޮންކޭލާއި ފޮނިތޮށީގެ ސަބަބުން ސިއްހަތަށް އެތައް ފައިދާތަކެއް ކުރާއިރު އެސައި ބުއިމުގެ ސަބަބުން ނިދަން އިންތިހާއަށް ފަސޭހަވެގެން ދެއެވެ. އަދި ލޭ ދައުުރުވުން ފަސޭހަވެ ހަޖަމް ކުރުމުގެ މައްސަލަ ހުންނަ މީހުންނަށް ވެސް މިއީ ފަރުވާއަކަށް ވެގެންދެއެވެ.

މި ސައި ތައްޔާރު ކުރާނެ ގޮތް

މިސައި ތައްޔާރު ކޮށްލުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. އަދި މާ ގިނަ އެއްޗެހި ބޭނުން ވާނެ ކަމެއް ވެސް ނޫނެވެ. މި ސައި ތައްޔާރު ކުރުމަށް ޓަކައި ބޭނުންވާނީ ހިމުން ކޮށްފައިވާ އެއް ސައިސަމުސާ ފޮނިތޮށްޓާއި ދޮންކެޔޮވަކަކާއި އަދި 25 މިލިލީޓަރުގެ ފެނެވެ.

  • ދޮންކޭލުގެ ތޮށި ނުމަށައި ދެކޮޅު ބުރިކޮށްލާށެވެ. އަދި ދޮންކެޔޮވަށް ތޮއްޓާއެކު ބޮޑެތިކޮށް ކޮށާލާށެވެ.
  • ކޮށާލެވިފައިވާ ދޮންކެޔޮ ފޮތިތައް ތަވަޔަކަށް ލުމަށްފަހު އެ ދޮންކެޔޮތަކުގެ މައްޗަަށް މުގުރާލާފައިވާ ފޮނިތޮށިކޮޅެއް ބުރުވާލާށެވެ.
  • އެއަށްފަހު 25 މިލިލީޓަރުގެ ފެން އެ ތަވަޔަށް އޮއްސާލާށެވެ. އަދި 10 މިނެޓު ވަންދެން މަޑުގިނީގައި ފެނުކައްކާށެވެ.
  • ދޮންކެޔޮތަކުން ތޮށި ވަކިވެއްޖެ ހެއްޔެވެ؟ ވަކިވެއްޖެ ނަމަ ތަވާ އުނދުންމަތިން ލަސްނުކޮށް ނަގާށެވެ.
  • އެއަށްފަހު ތެލީގައި ކެއްކި އެއްޗެހި ފުރާނާލާށެވެ. ފުރާނާލުމުން އަންނަ ފެން ފޮދަކީ ސަޔެވެ. އެ ސައި ނިދުމުގެ 20 މިނެޓު ކުރިން ބޯލާށެވެ
  • އެންމެ އެދެވޭ ނަތީޖާއެއް ބެލުމަަށްޓަކައި ކޮންމެ ދުވަހަކު މި ސައި ބޯށެވެ.
  • މި ސައި ބުއިމުން އަރާމްކޮށް ނިދާލެވޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!