ދުނިޔެ

މިއީ އެއްފަހަރާ ދެއަތުން ލިޔާ ކުއްޖެއް، މިނެޓެއްތެރޭ 45 ބަސް ލިޔޭ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ މަންގަލޫރަށް ނިސްބަތްވާ 16 އަހަރުގެ މި އަންހެން ކުއްޖާއަކީ މިނެޓެއް ތެރޭ 2 އަތުން 45 ބަސް ލިޔުުމުގެ ޤާބިލުކަން ލިބިފައިވާ ކުޅަދާނަ ކުއްޖެކެވެ.

Ads by WAMCO

އާދި ސްވަރޫޕާ ނަމަކަށް ކިޔާ މިކުއްޖާ އަށް އޮގަސްޓް 14ގައި އެކްސްކުލޫޒިވް ވޯރލްޑް ރިކޯޑް ބައި ލަތާ ފައުންޑޭޝަން އިން ވަނީ އެވޯޑް ދީފައެވެ. ސަބަބަކީ މިނެޓެއް ތެރޭ އޭނާއަށް 40-45 އިނގިރޭސި ބަސް ބޯޑުގައި ނުވަތަ ފޮތެއްގައި ލިޔެވޭތީއެވެ. ލިޔުމަށް ޓަކައި އޭނާ 2 އަތް ބޭނުން ކުރެއެވެ.

ސްވަރްޕާ މިހާރު ދަނީ އިތުރަށް އޭނާގެ ލިޔުން އަވަސް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިނެޓެއް ތެރޭ 55-60 ބަސް ލިޔެ ދުނިޔޭގެ ރިކޯޑް މުގުރާލުމަކީ އޭނާ މިހާރު ދެކޭ ހުވަފެނެވެ.

ސްވަރްޕާއަކީ އިތުރު ހުނަރުތަކެއްވެސް ލިބިފައިވާ ކުއްޖެކެވެ. އެގޮތުން މިމިކްރީ ( އެހެން މީހުންގެ އެކްޓް ޖެއްސުން) އަދި ލަވަކިޔުމަށް ވެސް ސްވަރްޕާ ނުހަނު ކުޅަދާނައެވެ. އަދި އޭނާއަކީ ބީޓްބޮކްސް (އަނގައިގެ އަޑުން ބެރު ޖެހުން) އަށް ވެސް ކުޅަދާނަ ކުއްޖެކެވެ. މި ހުރިހާ ކަމަކުން ވެސް ދުނިޔޭގެ އަދި ގައުމީ ރިކޯޑް ހެދުމަކީ އޭނާގެ އުއްމީދެވެ.

ސްވަރްޕާއަކީ އެކި ގޮތްގޮތަށް ލިޔާ ކުއްޖެކެވެ. އެގޮތުން އިނގިރޭސި އަކީ ވާއަތުން ކަނާއަތަށް ލިޔާ ބަހަކަށްވީ ނަމަވެސް ނުހަނު އަވަސްކޮށް ކަނާތުން ވާއަތަށްވެސް ސްވަރްޕާ ލިޔެއެވެ. އަދި ހަމަ އެހެންމެ ދެ އަތުން ވެސް ވަރަށް އަވަސްކޮށް އޭނާ ލިޔެއެެވެ. އަދި ނަށަމުން ލިޔުމުގެ ކުޅަދާނަކަން ވެސް މިކުއްޖާއަށް ލިބިގެން ވެއެވެ.

ސްވަރްޕާގެ ބައްޕަ ބުނި ގޮތުގައި ސްވަރްޕާގެ އުމުރުން 1 އަހަރާއި 6 މަހުގައި އޭނާ ކިޔަން ދަސްކޮށްފިއެވެ. އަދި 2 އަހަރާއި 6 މަހުގައި އޭނާ ފަރިތަކޮށް ލިޔާކަމަށް ވެސް ސްވަރްޕާގެ ބައްޕަ ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!