ވިޔަފާރި

ލޭންސްލޭ ސްލިމިން ކޮފީ ބޮއެގެން 12 ކިލޯ ލުއިވެއްޖެ

އާއިޝަތު އަލީނާ ، ދެން އޮންލައިން

މާބޮޑަށް ފަލަވެ ސިފަގެއްލޭ ފަހުން އެންމެ ބޭނުންވާ ބަދަލު ހަށިގަނޑަށް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އެ ބަދަލު ގެނައުމަށް އެތައް ދުވަހެއް ވަންދެން ގިނަ މަސައްކަތްތަކެއް ކޮށްގެންވެސް ކާމިޔާބު ވަނީ ހާލަކުން މަދު ފަހަރެއްގައެވެ. ނަމަވެސް "ލިބޭ އޮންލައިން" އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ "ލޭންސްލޭ ސްލިމިންގް ކޮފީ ޕްލަސް" އަކީ، ބަރުދަން ލުއިކުކޮށް ބައްޓަން ރީތިކުރަން އެދޭ މީހުންނަށް ލިބިގެންދިޔަ އާ އުންމީދެކެވެ.

Ads by STELCO

ދިވެހިންގެ މެދުގައި މަޤުބޫލު މި ކޮފީއަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ، ދުނިޔޭގައި ވެސް ނަން ހިނގާ އުފެއްދުމެކެވެ. މި އުފެއްދުމުގެ އެންމެ ޚާއްސަ ސިފައަކީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއިކޮށްދީ، ހަށިގަނޑުގައި އިތުރަށް ހުންނަ ފެޓްސް ދުއްވާލައި ދުޅަހެޔޮ ކޮށްދޭ ކަމެވެ. މި ކޮފީ ތަޖުރިބާ ކޮށްފައިވާ "ލިބޭ"ގެ ބައެއް ކަސްޓަމަރުން މީގެ ކުރިން ވެސް ވަނީ މި ޕްރޮޑަކްޓުން ބޭނުންކުރަން ފެށުމުން އަންނަ ހެޔޮ ބަދަލުގެ ވާހަކަ ޙިއްސާކޮށްފައެވެ. މިއީވެސް އެފަދަ މީހެއްގެ ވާހަކައެވެ.

"ލިބޭ އޮންލައިން" ގެ ފޭސްބުކް ޕޭޖަށް އާންމު ފަރާތަކުން ފޮނުވާފައިވާ ރިވިއުއެއްގައި ބުނެފައި ވަނީ، އޭނާގެ އާއިލީ މީހަކު ލޭންސްލޭ ކޮފީ ބޯން ފެށިތާ އަދި ވާނީ އެންމެ ދެ މަސް ކަމަށެވެ. ކުރިން 100 ކިލޯ ހުއްޓައި މި ކޮފީ ބޯން ފެށިފަހުން މިހާރު އޭނާގެ ބަރުދަން 80 ކިލޯއަށް ލުއިވެފައިވާ ކަމަށް އެ ރިވިއުގައި ބުނެފައި ވެއެވެ. އަދި ބަދަލުގެ ސަބަބުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ބުނެފައި ވެއެވެ.

އެ ރިވިއުގައި އިތުރަށް ބުނެފައިވަނީ، ލޭންސްލޭ ކޮފީ ބުއިމުން މާގިނައިން ކާހިތްވުމާއި ދުރުވެވޭ ކަމަށެވެ. މިގޮތުން ދުވާލުގެ ވަގުތުގައި ބަނޑުހައިވެ ގިނަގިނައިން ކާހިތްވުމުގެ މައްސަލައަށް މި ކޮފީއިން ހައްލު ހޯދައިދޭ ކަމަށް ބުނެފައި ވެއެވެ. އަދި ކޮފީގެ އެންމެ އެދެވޭ ނަތީޖާ އާއި ހަމައަށް ވާސިލުވުމަށް ކަސްރަތު ކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ފާހަގަކޮށްފައި ވެއެވެ.

ބޭނުންވާ ވަރަށްވުރެ އިތުރަށް ކެވުމާއި ކާވަގުތުތަކަށް ސަމާލުކަން ނުދެވުމަކީ ހަށިގަނޑަށް ނޭދެވޭ ބަދަލު އައި ފަލަވެ ސިފަ ގެއްލެން ދިމާވާ އެންމެ ބޮޑު އެއް ސަބަބެވެ. ހަށިގަނޑުގެ ބަރުދަން ލުއިކޮށް ބައްޓަން ރީތި ކުރުމަށް ލޭންސްލޭ ކޮފީގެ ދައުރަކީ، އިތުރަށް ކެވޭ ކެއުންތަކާއި ދުރުކޮށްދީ އެކަމަށް އެހީއަކަށް ވުމެވެ. މިގޮތުން މާގިނައިން ކާހިތްވުމާއި ހައިހޫނުވުން ފަދަ މައްސަލަތަކަށް މި ކޮފީން ޙައްލު ގެނެސްދީފައިވާ ކަމަށް ލޭންސްލޭ ކޮފީ ތަޖުރިބާކޮށްފައިވާ ގިނަ ބަޔަކު ބުނެއެވެ.

 

My brother in law Will be honest, He was sceptical at first as to whether a coffee could actually help him lose weight....

Posted by Nai Sherr on Thursday, September 17, 2020

މީގެ ކުރިންވެސް "ލޭންސްލޭ ކޮފީ" ތަޖުރިބާ ކޮށްފައިވާ ގިނަ ބަޔަކު ވަނީ އެފަރާތްތަކުގެ ތަޖުރިބާ "ލިބޭ އޮންލައިން" އާއި ހިއްސާ ކޮށްފައެވެ. މި ކޮފީއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަޤުބޫލުވެފައިވާ ފައިދާކުރަނިވި އިތުބާރުކުރި ކޮފީއެކެވެ.

ކޮންމެ ދުވަހަކު ދެފަހަރު ކެއުމުގެ 20 މިނެޓު ކުރިން ބޯން ޖެހޭ މި ކޮފީ އަކީ ހަމައެކަނި ބަރުދަން ލުއިކުރަން ބޭނުން ކުރާ ކޮފީ އެއްވެސް ނޫނެވެ. އާދައިގެ ކޮފީގެ ބަދަލުގައި މި ކޮފީ ބުއިމުން، ބަރުދަން ލުއިވެ، ހަންގަނޑު އޮމާން ކޮށްދިނުމަށްވެސް ވަރަށް ބޮޑަށް އެހީވެއެވެ.

އެކި މީހުންނަށް މައްސަލަތަކާއި ކުރިމަތިވެފައިވާ މިންވަރަށް ބަލައި، މި މިންގަނޑު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އާދަކޮށް ކޮންމެ ދުވަހަކު މެންދުރާއި ރޭގަނޑު ކެއުމުގެ ކުރީން މި ކޮފީ ބުއިމަކީ ރަނގަޅު ގޮތެވެ. މިއިން ކޮންމެ ވަގުތެއްގައިވެސް ކެއުމުގެ 20 މިނެޓު ކުރިން "ލޭންސްލޭ - ސްލިމިންގް ކޮފީ" ތައްޓެއް ބުއިމަކީ އެދެވިގެންވާ ގޮތެވެ. ބޭނުން ނަމަ ދުވާލަކު އެއް ފަހަރުވެސް މި ކޮފީ ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ހަތަރު ފަހަރަށްވުރެ ގިނައިން ދުވާލަކު މި ކޮފީ ބުއިން ރަނގަޅެއް ނޫނެވެ.

"ލޭންސްލޭ ސްލިމިން ކޮފީ" އަށް އޯޑަރުކުރުމާއި، މި ޕްރޮޑަކްޓާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ކުންފުނީގެ ނަމްބަރު (9759452) އަށް ގުޅުމުން ލިބޭނެއެވެ.

"ލިބޭ އޮންލައިން" އިން އޯޑަރުކުރާ ތަކެތި ގަންނަ ފަރާތްތަކަށް، އިތުރު އަގަކާ ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެ ވިޔަފާރިން ދެއެވެ. އަދި ރަށްރަށުން އޯޑަރު ކުރާނަމަ ބޯޓާއި ހަމައަށްވެސް ހިލޭ ގެންގޮސްދެއެވެ.

ނޯޓް: މާބަނޑު މީހުންނާއި ގާތުން ކިރުދޭ މީހުން މިކޮފީ އާއި ހޮޓްޗޮކްލެޓް ބޭނުން ކުރަން ވާނީ ޑޮކްޓަރެއްގެ އިރުޝާދު ހޯދައިގެންނެވެ. ޑައިޓް ކޮފީ ހިމެނޭހެން އެއްވެސް ކޮފީއެއް ބޮޑެތި ބަލިތައް ކަމަށްވާ ހަކުރު ބަލި، ކެންސަރު، ލިވާގެ ބަލިތައް، ކިޑްނީ މައްސަލަ، ތައިރޮއިޑް މައްސަލަ ހުންނަ މީހުން ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެންކަމުން ބޮޑު ބައްޔަކަށް ބޭސް ކުރާ ފަރާތަކުން މިފަދަ ކޮފީއެއް ބޭނުން ކުރާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!