އެމްޑީ ފޮއިސަލް ސަރުކާރު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ

ފިލައިގެން އުޅޭ ބިދޭސީއަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެެއެވެ.
ފުލުހުން އާންމުންގެ އެހީއަށް އެދިފައިވަނީ އެމްޑީ ފޮއިސަލް ސަރުކާރު ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތަކު ފިލައިގެން އުޅޭތީ އޭނާ ހޯދުމަށްޓަކައެވެ. ފުލުހުންވަނީ މި މީހާގެ މައުލޫމާތާއި ފޮޓޯ އާންމުކޮށް އެމީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
އެގޮތުން ފުލުހުން އާންމުންގެ އެހީއަށް އެދިފައިވަނީ ސްޕޮންސާއަށް ފިލައިގެންގޮސް އެހެން ސައިޓުތަކުގައި މަސައްކަތްކޮށް އިމިގްރޭޝަން ޤާނޫނާ ހިލާފަށް ދިވެހި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، މޯލްޑިވްސް އިމިގްރޭޝަނުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ ހޯދަމުންދާ މީހެއް ކަމުގައި ފުުލުހުން މައުލޫމާތު ދެއެވެ ފުލުހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ އެމް.ޑީ ފޮއިސަލް ސަރުކާރު، ބަނގުލަދޭޝް (ޕާސްޕޯޓު ނަންބަރު: EA0056441) އެވެ.
މި ބިދޭސީ މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.