މުނިފޫހިފިލުވުން

ބިދަބިންގެ ހިތްގައިމު ލަވަ ތަކުން މީސްމީޑިއާ ފަތަހަ ކުރަނީ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބިދަބިން އިންލަވަ ޑެޑިކޭޓުނަމުގައި މީސްމީޑިއާގައި ލަވަކިއުމުގެ ޕްރޮގުރާމެއް ފަށައިފިއެވެ.

Ads by STELCO

ބިދަބިންގެ މެނޭޖަރު މުޙައްމަދު އާސިމް(އާއްކޮ) "ދެން"އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ، -/50 ރުފިޔާއަށް ޑެޑިކޭޓުކޮށްދީގެން ލަވަކިޔައިދިނުމުގެ މި ޕްރޮގުރާމު ފެށުމުގެ މައިގަނޑު ސަބަބަކީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާ ކޮވިޑު-19 ގެ ސަބަބުން ބިދަބިންގެ ޚަރަދުތައް ފޫބެއްދުމަށް އޮތް ހަމައެކަނި ގޮތަކީ މިއީ ކަމަށްވާތީ ކަމަށެވެ. 

އެގޮތުން މިކަަމަކީ މިދުވަސްވަރު އެއްވެސް ވަރަކަށްއިންކަމްލިބޭނެ ގޮތެއް ނެތުމުން ބިދަބިންގެ އެހެން ބައިވެރިންނާއި މަޝްވަރާކުރުމަށްފަހު ކުރަން ނިންމި ކަމެއް ކަމަށްވެސް އާއްކޮ ފާހަގަ ކުރިއެވެ. އަދި މި ޕްރޮގުރާމަކީ ކޮވިޑު-19 ގެ މިޕެންޑަމިކްނިމެންދެން ކުރިއަށް ގެންދާނެ ޕްރޮގުރާމެއް ކަމަށާއި، ޕެންޑަމިކަށް ފަހުވެސް ބެލުންތެރިންގެ "ރިކުއެސްޓް" ތައް އަންނަކަމުގައި ވާނަމަ ލަވަ ޑެޑިކޭޓު ކޮށްދިނުމުގެ މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ވެސް އާއްކޮ ފާހަގަކުރިއެވެ

ބެލުންތެރިންގެ ފަރާތުން މި ހަރަކާތަށް ތަރުހީބު ލިބޭތޯ ދެން އިން ކުރި ސުވާލަށް ޖަވާބު ދެމުން އާއްކޮ ބުނީ، ބެލުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް މިކަމަށް ލިބެމުންދާ ކަމަށާއި، ދުވާލެއްގެ މައްޗަށް މިހާރުވެސް 3 ނުވަތަ 4 ލަވަ ޑެޑިކޭޓު ކުރުމަށް ބެލުންތެރިންގެ ފަރާތުންރިކުއެސްޓުއަންނަ ކަމަށެވެ.

 "އާދެ ވަރަށް ރަނގަޅު ހަމަ. އޭގެ ފަހުން ގާތްގަނޑަކަށް ދުވާލަކަށް ދެތިން ހަތަރު ލަވަ އެބައާދޭ ހަމަ ރިކުއެސްޓު" 

މުޙައްމަދު އާސިމް (އާއްކޮ)

ހަމަމިއާއިއެކު މި ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ދުވަސްވަރުވެސް ބިދަބިންގެ ދިރުން ދެމެހެއްޓުމަށް ޓަކައި އެކި މަސައްކަތް ކުރެވެމުންދާ ކަމަށާއި، އަމިއްލަ ލަވަތަކެއްގެ ރެކޯޑިންތަކެއް ވެސް މިހާރު ތައްޔާރު ކުރެވެމުންދާ ކަމަށް އާއްކޮ ފާހަގަ ކުރިއެވެ. އަދި މި އަހަރު ތެރޭގައި ވެސް ދެ ލަވައެއްވަރު ނެރެވޭ ވަރު ވާނެ ކަމަށް ލަފާކުރާކަމަށް ވެސް ދެންއާ ވާހަކަ ދައްކަމުން އާއްކޮ ބުނެފައިވެއެވެ.

ކުރިއަށް އޮތްތާ ނެރުމަށް ހަމަޖެހިފައިވާ މި ވީޑިއޯ ދެ ލަވައިގެ  އޯޑިއޯ ރެކޯޑިންގް ހެދުމުގެ މަސައްކަތް އަންނަނީ ކުރެވެމުން ކަމަށާއި، މީގެ އިތުރުން ތިމާވެއްޓާއި ގުޅުން ހުރިސީއެސްއާރުހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އާއްކޮ ބުންޏެވެ. އަދި ކޮވިޑު-19 ގެ މިޕެންޑަމިކްނިމުނު ހާ އަވަހަކަށް އެމަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

ބިދަބިންގެ ފަރާތުން މި ޕްރޮގުރާމު ސްޕޮންސަރ ކޮށްދެއްވި ފަރާތްތަކަށް ވަނީ ވަރަށް ޚާއްސަ ޝުކުރެއް ވަނީ އަދާކޮށްފައެވެ. އެގޮތުންސްނޯ އިންވެސްޓްމެންޓްއާއި، “ސައިޓް އެންޑް ސައުންޑްގެ އިތުރުން “ޓީސީއެލްމޯލްޑިވްސްގެ ނަން އާއްކޮ ފާހަގަކުރިއެވެ.

ކޮވިޑު-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައި ވާ އިރު ގިނަ ކުންފުނިތަކުން ވެސް ވަނީ މަސައްކަތް ތައް މަޑުޖެހި ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކާއި ކުރިމަތި ވެފައެވެ. އަދި ގިނަ ބައެއް އާމްދަނީގެ ގޮތުގައި އިތުރު މަސައްކަތް ތަކެއް ކުރަމުން އަންނަ ކަން ވެސް ފާހަގަ ކުރެވެއެވެ. އަދި ހަމަ އެހެންމެ މި ބަލިމަޑުކަމުގެ ތެރޭގައި ލަވަކިޔުންތެރިންނާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުން ފަދަ، "ފްރީލޭންސް" މަސައްކަތްތެރިންނަށް ބޮޑެތި ގޮންޖެހުންތަކަކާ މާލީގޮތުން ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!